އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން އައިވަރީ ކޯސްޓުން ހޯދައިފި

IMG_4580

އަމިއްލަ ގައުމުގައި ކުޅުނު އެފްރިކަން ކަޕް އޮފް ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ނައިޖީރިއާ ބަލިކޮށް އައިވަރީ ކޯސްޓުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. އައިވަރީ ކޯސްޓުން ފައިނަލް މެޗު ކާމިޔާބުކުރީ ނައިޖީރިއާ ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު (2-1) ޖަހައިގެންނެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ނައިޖީރިއާއިންނެވެ. މި ލަނޑު 38 ވަނަ މިނެޓުގައި ޖަހައިދިނީ އެ ޓީމްގެ ފަހަތަށްކުޅޭ ވިލިއަމް ޓްރޫސްޓްއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ކޯނަރަކުން ތަނަވަސްވީ ފުރުސަތެއްގައެވެ.

މެޗުގެ ދެވަނަ ހާފުގައި އައިވަރީ ކޯސްޓުން ވަނީ މޮޅު ކުޅުމެއް ދައްކައި ނަތީޖާ އަނބުރާލާފައެވެ. އެ ޓީމަށް ފުރަތަމަ ލަނޑު 62 ވަނަ މިނެޓުގައި ޖަހައިދިނީ ކެސިއޭއެވެ. ދެވަނަ ލަނޑު 81 ވަނަ މިނެޓުގައި ޖަހައިދިނީ ސެބާސްޓިއަން ހޯލާއެވެ. މީގެ އަހަރެއް ކުރިން ކެންސަރަށް ފަރުވާ ހޯދައި އަލުން ކުޅުމުގެ ތެރެއަށްއައި ހޯލާ ވަނީ މި މުބާރާތް އައިވަރީ ކޯސްޓަށް ކާމިޔާބު ކޮށްދިނުމުގައި މުބާރާތުގެ ހުރިހާ ސްޓޭޖެއްގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިއީ އައިވަރީ ކޯސްޓުން މި މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެ ޓީމުން ވަނީ 1992، 2015 އަދި މި އަހަރު ތަށި ހޯދާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *