ބަޔާން މިއުނިކަށް ވެސް ލެވަކޫސެން ނުހިފެހެއްޓުނު

IMG_4569

މި ސީޒަންގައި އާދަޔާ ހިލާފް މޮޅު ކުޅުމެއް ދައްކަމުން އަންނަ ބަޔާން ލެވަކޫސެން އަތުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ވެސް ބަލިވެއްޖެއެވެ. ރޭ ޖަރުމަނު ލީގުގައި މި ދެ ޓީން ވާދަކުރި މެޗު ލެވަކޫސެން އިން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއިންނެވެ.

ކުރީ ރެއާލް މެޑްރިޑާއި ލިވަޕޫލުގެ އިތުރުން ބަޔާން މިއުނިކްގެ މެދުތެރޭގައު މޮޅު ކުޅުމެއް ދެއްކި، ސްޕެއިންގެ ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެވަކޫސެން އިން އަދި މިސީޒަންގައި ބަލިވެފައި ނުވެއެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން އެ ޓީމުން މިހާރު ވަނީ ބަލިނުވެ 31 މެޗު ކުޅެފައެވެ. ލެވަކޫސަނުން ދެން ކުޅޭ ދެ މެޗު ބަލިނުވެ ނިންމާލައިފިނަމަ، ޖަރުމަނު ފުޓްބޯޅަ ތާރީހުގައި އެންމެ ގިނަ މެޗުން ބަލިނުވެ، ބަޔާން މިއުނިކުން ދަމަހައްޓާފައިވާ ރެކޯޑް މުގުރާލެވޭނެ އެވެ.

ރޭ މެޗުގައި ލެވަކޫސަންއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ޖޯސެފް ސްޓެންސިކްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ 18 ވަނަ މިނެޓުގައި އެންޑްރިޗް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

ދެވަނަ ލަނޑު 50 ވަނަ މިނެޓުގައި ޖަހައިދިނީ ނަތަން ޓެލާ ތަނަވަސް ކޮށްދިން ފުރުސަތުގައި އަލެކްސް ގިރްމާލްޑޯއެވެ. ލެވަކޫސެންގެ ތިންވަނަ ލަނޑު ޖަހައިދިނީ އިތުރު ވަގުތުގެ ތެރޭ ފްރިމްޕޮންގއެވެ. ބަޔާނަށް ލިބުނު ކޯނަރަކަށް އެ ޓީމްގެ ކީޕަރު ކުރިއަށް އެރިވަގުތު ތަނަވަސްވީ ފުރުސަތެއްގައެވެ.

މި މޮޅާއިއެކު ލެވަކޫސަން އަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 21 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު ބަޔާނަށް 21 މެޗުން ލިބިފައި ވަނީ 50 ޕޮއިންޓެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *