ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫއިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމު ކޮށްފިއެވެ.

ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހަޅަން މިހާރު ހުޅުވާލާފައިވާއިރު، އެކަމަށް ހާއްސަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށް މި މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް އެ ރަށު ކައުންސިލުން އެދެއެވެ.

Ad
rt

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ރަސްމީ ދުވަސް ދުވަހުގެ 90:00 އިން 13:00 އާއި ދެމެދު (9324714) މި ނަމްބަރަށް ގުޅައިގެން ނުވަތަ އައިޑީ ކާޑު ނަމްބަރު ޖެއްސެވުމަށްފަހު ބޭނުންވާ ސުވާލެއް މި ނަމްބަރަށް ޓެކްސްޓް ކުރެއްވުމަށް އެ ކައުންސިލުން އެދެއެވެ.

މަކުނުދޫ ކައުންސިލުން އާންމު ކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެ ރަށުން ދޫކުރުމަށް އިއުލާންކުރި 2400 (ދެހާސް ހަތަރު ސަތޭކަ) އަކަފޫޓުގެ 215 ގެވަޅަށް ޖުމްލަ 343 ފޯމް ވަނީ ހުށަހަޅާފައެވެ.