މައި ޚަބަރަށް ދިޔުމަށް

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ފާނަ މަސްވެރިކަމުގައި އުޅުނު މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމް ކޮށްލައިފި
Thiladhunmathi News

ފާނަ މަސްވެރިކަމުގައި އުޅުނު މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމް ކޮށްލައިފި

ހއ.އަތޮޅުގައި ފާނަ މަސްވެރިކަން ކުރަމުންދިޔަ މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނުއެވެ. މިޔަރު ހަމަލާ ދީފައި ވަނީ ހއ.އަތޮޅުގައި ފާނަ މަސްވެރިކަމުގައި ހަރަކާތްތެރިވި ފ.އަތޮޅު ފީއަލީ ދޯންޏަކުން ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހަކަށެވެ. މިޔަރު ހަމަލާ ދީފައި ވަނީ އެ މީހާގެ އަތަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ދިވެއްސެކެވެ. ހޯރަފުށީ ހެލްތު ސެންޓަރުން ބުނީ މިއަދު ހެނދުނު ދިހައެއް ޖަހާކަށްހާއިރު މިޔަރެއް ހަމަލާ ދީގެން އަވަސް […]

މާޓިނޭޒްގެ ކަކުލަށް އަނިޔާވެ ދެމަހަށް ކުޅުމާއި ދުރަށް
Sports

މާޓިނޭޒްގެ ކަކުލަށް އަނިޔާވެ ދެމަހަށް ކުޅުމާއި ދުރަށް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ޑިފެންޑަރ ލިސަންޑްރޯ މާޓިނޭޒްގެ ކަކުލަށް އަނިޔާވެ ދެމަސްދުވަހަށް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިއްޖެއެވެ. މާޓިނޭޒްގެ ކަނާތުފައިގެ ކަކުލަށް އަނިޔާވީ ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ޔުނައިޓެޑާއި ވެސްޓްހޭމް ބައްދަލުކޮށް 3-0 އިން ޔުނައިޓެޑް މޮޅުވި މެޗުގައެވެ. އެ މެޗުގެ ދެވަނަ ހާފުގައި ވެސްޓްހޭމްގެ ކޮއުފަލް މާޓިނޭޒް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭ، މާޓިނޭޒްގެ ކަކުލަށް އަނިޔާވި ނަމަވެސް ފަރުވާއަށް ފަހު މެޗުގެ ކުރިއަށް ގެންދަން އޭނާ...

ފޮޑެންގެ ހެޓްރިކުން މޮޅުވެ ސިޓީ ދެވަނައަށް
Sports

ފޮޑެންގެ ހެޓްރިކުން މޮޅުވެ ސިޓީ ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ސިޓީ ޖެހިލައިފިއެވެ. ރޭ ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ސިޓީ މިވަގުތު އޮތީ އެއްވަނާގައި އޮތް ލިވަޕޫލަށްވުރެ އެއް މެޗު މަދުންކުޅެ ދެ ޕޮއިންޓްގެ ފަރަގަކުން ދެވަނާގައެވެ. ލިވަޕޫލަށް 23 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ސިޓީން ވަނީ 22 މެޗުން 49 ޕޮއިންޓް ހޯދާފައެވެ. […]

ދަނޑުވެރިކަމަށް ވައިކަރަދޫއިން ދޫކުރާ ބިންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

ދަނޑުވެރިކަމަށް ވައިކަރަދޫއިން ދޫކުރާ ބިންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫއިން ދަނޑުވެރިކަން ކުރުމަށް ދޫކުރާ ބިންތަކަށް އެދުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށުން ދަނޑުވެރިކަމަށް ދަނޑުބިން ދޫކުރުމުގެ އުސޫލް ނިންމައި އާންމު ކޮށްފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ އުސޫލުގައި ތިން ގިންތިއަކަށް ދަނޑުބިންތައް ވަނީ ބައި ކޮށްފައެވެ. ކުދި ދަނޑުގެ ގޮތުގައި ދޫކުރަނީ 1000 (އެއްހާސް) އަކަފޫޓުގެ ދަނޑެވެ. މެދު ދަނޑުގެ ގޮތުގައި ދޫކުރަނީ 1001 (އެއްހާސް އެކެއް) އަކަފޫޓާއި 5000 (ފަސްހާސް) އަކަފޫޓާއި ދެމެދުގެ […]

އެތުލެޓިކޯއިން ފަހުވަގުތު ރެއާލް ހުއްޓުވައިފި
Sports

އެތުލެޓިކޯއިން ފަހުވަގުތު ރެއާލް ހުއްޓުވައިފި

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި، މެޑްރިޑް ޑާބީ މެޗުން ރެއާލް މޮޅުވާންދަނިކޮށް ފަހުވަގިތު ލަނޑުޖަހައި އެތުލެޓިކޯއިން ރެއާލް ހުއްޓުވައިފިއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ރެއާލަށް ލަނޑު ޖަހައިދިނީ ވިހިވަނަ މިނެޓުގުގައި ބްރަހިމް ޑިއާޒްއެވެ. އޭނާއަށް މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުނީ މެޗަށް ވޯމަޕް ކުރުމުގެ ތެރޭ ވިނީސިއަސްއަށް އަނިޔާވުމާއި ގުޅިގެންވެނެވެ. […]

ކުންޔާގެ ހެޓްރިކުން ވުލްވްސް އިން ޗެލްސީ ބަލިކޮށްފި
Sports

ކުންޔާގެ ހެޓްރިކުން ވުލްވްސް އިން ޗެލްސީ ބަލިކޮށްފި

ވުލްވްސްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް މަތެއުސް ކުންޔާގެ ހެޓްރިކުން ޗެލްސީ ބަލިކޮށްފިއެވެ. ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު ވުލްވްސް އިން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ. ވަރަށް ބޮޑަށް ނަތީޖާތައް ދަށްވެފައިވާ ޗެލްސީއަށް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ލިބިފައި ނުވެއެވެ. މިދިޔަ މަހުގެ ފަހުކޮޅު އެފްއޭކަޕްގައި އެސްޓަންވިލާއާއި ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމް އެއްވަރު ވެގެންނެވެ. މީގެ ހަތަރު ދުވަސް ކުރިން […]

ވެސްޓްހޭމް އަތުން ޔުނައިޓެޑަށް ފުރިހަމަ މޮޅެއް
Sports

ވެސްޓްހޭމް އަތުން ޔުނައިޓެޑަށް ފުރިހަމަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހޭމް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޔުނައިޓެޑަށް ޖަހައިދިނީ ރަސްމުސް ހުއިލަންޑްއެވެ. މިއީ އޭނާ ޔުނައިޓެޑަށް އެންމެ ފަހުން ކުޅުނު ހަ މެޗުގައި ޖެހި ފަސްވަނަ ލަނޑެވެ. މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ދެވަނަ […]

ކުޅުދުއްފުށީ މަގުތައް ދިއްލާލައިފި
Thiladhunmathi News

ކުޅުދުއްފުށީ މަގުތައް ދިއްލާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީގެ އަނދިރިކޮށް ހުރި ގިނަ މަގުތަކެއްގައި ލައިޓްޖަހައި ދިއްލައި އަލިކޮށްފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން 200 އަށްވުރެ ގިނަ ލައިޓް ވަނީ އެ ސިޓީގައި އަނދިރިކޮށް އޮތް އެތައް މަގަކާއި އަލަށް ހެދި ބައެއް މަގުތަކުގައި ޖަހާފައެވެ. ސިޓީ ކައުންސިލުން މި ޕްރޮޖެކްޓް އަންބަލަން ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހުއެވެ. މި ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ  2,853,954.00ރ (ދެމިލިޔަން އަށްލައްކަ […]

ހއ. އަތޮޅު ހޮސްޕިޓަލަށް މެނޭޖަރަކާއި ޕޮލިޓިކަލް ޑިރެކްޓަރެއް ހަމަޖައްސައިފި
Thiladhunmathi News

ހއ. އަތޮޅު ހޮސްޕިޓަލަށް މެނޭޖަރަކާއި ޕޮލިޓިކަލް ޑިރެކްޓަރެއް ހަމަޖައްސައިފި

ހއ.އަތޮޅު (ތިލަދުންމަތީ އުތުރުބުރި) ހޮސްޕިޓަލަށް މެނޭޖަރަކާއި ޕޮލިޓިކަލް ޑިރެކްޓަރެއް ހަމަޖައްސައިފިއެވެ. އެ ހޮސްޕިޓަލްގެ ހެލްތު ސާވިސްގެ މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ މޫސާ ނަސީރުއެވެ. އައި އެ ހޮސްޕިޓަލްގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މަލީހާ ރަޝީދެވެ. މަލީހާ ވަނީ ކުރިން ޕީއެސްއެމްގައި ނިއުސްކާސްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އަލަށް އެ ހޮސްޕިޓަލާއި ގުޅުނު މި ދެ ބޭފުޅުންނަށް އެ ހޮސްޕިޓަލްގެ މުވައްޒަފުން ވަނީ މިއަދު މަރުހަބާ ދަންނަވާފައެވެ. އެ ހޮސްޕިޓަލްގެ މެނޭޖަރަކަށް...

ގިނަ ލަނޑުތަކެއް ފެނުން މެޗުން ލޫޓަންއާއި ނިއުކާސަލް އެއްވަރު
Sports

ގިނަ ލަނޑުތަކެއް ފެނުން މެޗުން ލޫޓަންއާއި ނިއުކާސަލް އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލްއާއި ލޫޓަން ޓައުން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ދެ ޓީމްގެ ފަރާތުން ފެނުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 4-4 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދައްކައި ގަދަ ހަތަރެއްގައި ނިންމި ނިއުކާސަލްއަށް މި ސީޒަންގައި ވަނީ އަނިޔާގެ ގިނަ މައްސަލަތަކާއި ކުރިމަތިލާންޖެހި ނަތީޖާތައް ދައްވެފައެވެ. އެ ޓީމްގެ އެޓޭކްގައި މުހިންމު ދައުރެއް އަދާކުރަމުން އައި […]

އަލަވޭސް އަތުން ބާސާއަށް މޮޅެއް
Sports

އަލަވޭސް އަތުން ބާސާއަށް މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. އަލަވޭސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި 3-1 ގެ ނަތީޖާއިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ބާސާއިންނެވެ. މި ލަނޑު ގުންޑޮގާން އަލަވޭސްގެ އޭރިއާތެރެއަށް ތިރިން ކުޅުނު ބޯޅަ ލެވަންޑޯސްކީ ވަނީ ކޮންޓްރޯލް ކުރުމަށްފަހު އަލަވޭސްގެ ކީޕަރ އެންޓޯނިއޯ ސިވޭރާގެ ބޯމަތިން ގޯލުގެތެރެއަށް ޗިޕް ކޮށްލާފައެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ދިހަވަނަ […]

ދި ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުސަތު
Thiladhunmathi News

ދި ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުސަތު

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ދ ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” އަށް އިނާމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ހއ.އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލި ފުރުސަތުގެ ދަށުން ބައިވެރިވި ފަރާތްތަކުގެ މެދުގައި އޮޑިޝަން ބާއްވައި މިހާރު ވަނީ މުބާރާތަށް 20 ބައިވެރިން ހޮވާފައެވެ. އިނާމް ހުށަހަޅަން ހުޅުވާލާފައި ވަނީ ޖުމްލަ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެ ހަތަރު ބަޔަށް އިނާމް […]

އިހަވަންދޫ އިމަގުގެ "މަންސަފާ" ޕްރޮގްރާމް މޮޅަދޫ ސްކޫލުގައި ކުރިއަށް ގެންގޮސްފި
Thiladhunmathi News

އިހަވަންދޫ އިމަގުގެ "މަންސަފާ" ޕްރޮގްރާމް މޮޅަދޫ ސްކޫލުގައި ކުރިއަށް ގެންގޮސްފި

ހއ. އިހަވަންދޫގައި ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ”މަންސަފާ”ގެ ނަމުގައި ކުރިއަށް ގެންދާ އުނގަންނައި ދިނުމުގެ ޕްރޮގްރާމް އެ އަތޮޅު މޮޅަދޫ ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް، އެ ސްކޫލުގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށެވެ. މިއީ ރާއްޖޭގެ މަދަރުސާތަކުގެ ދަރިވަރުން ”އޭ” ލެވެލް […]

ރޮކޫގެ ފުރަތަމަ ގޯލުން ބާސާއިން އޮސަސޫނާ ބަލިކޮށްފި
Sports

ރޮކޫގެ ފުރަތަމަ ގޯލުން ބާސާއިން އޮސަސޫނާ ބަލިކޮށްފި

ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ޒުވާން ފޯވާޑް ވިކްޓޯ ރޮކޫގެ ހަމައެކަނި ލަނޑުން ބާސާއިން އޮސަސޫނާ ބަލިކޮށްފިއެވެ ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މިއީ ބާސާގެ ކޯޗްގެ މަގާމުގައި ހުރި ޒަވީ މި ސީޒަނަށް ފަހު އެ ޓީމް ދޫކޮށްލާން ނިންމާފައިވާކަން އިއުލާން ކުރުމަށް ފަހު އެ ޓީމް ކުޅުން ފުރަތަމަ މެޗެވެ. މި މެޗުގެ ބާސާގެ ފޯވާޑް ފެރާން ޓޯރޭސް […]

ދިއްދޫ ކަނބަލުންގެ ތިންވަނަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ދިއްދޫ ކަނބަލުންގެ ތިންވަނަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކަނބަލުންގެ ތިންވަނަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ދިއްދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ޓީމް ބައިވެރި ކުރެވޭނީ އެ ރަށުގައި ހުރި ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ރަޖިސްޓަރީ ކުރެވިފައިވާ ކްލަބް ޖަމިއްޔާތަކަށެވެ. ފެބްރުއަރީ 15 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތް ބޭއްވުމުގެ މަގުސަދު...