Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
285 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ޑިޕޭގެ ލަނޑުން ބިލްބާއޯގެ އަތްދަށުނުވެ ބާސާ ސަލާމަތްވެއްޖެ
Sports

ޑިޕޭގެ ލަނޑުން ބިލްބާއޯގެ އަތްދަށުނުވެ ބާސާ ސަލާމަތްވެއްޖެ

ސްޕެނިޝް ލަލީގާގައި އެތުލެޓިކް ބިލްބާއޯއާއި ބާސެލޯނާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހޮނހިރު ދުވަހުގެ ރޭ ބިލްބާއޯގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ބާސެލޯނާއިންނެވެ. މިގޮތުން މެޗުގެ ވަރަށް ކުރީކޮޅު ބާސާގެ ފޯވާޑް ބްރެތުވައިޓަށް ވަނީ ލަނޑުޖަހާނެ ހުސް ފުރުޞަތެއް ލިބި ބޭނުން ނުހިފިފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ބިލްބާއޯއިން ވަނީ ބާސާގެ […]

ސިޓީއާއި ލިވަޕޫލަށް ވެސް މޮޅެއް
Sports

ސިޓީއާއި ލިވަޕޫލަށް ވެސް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު ލިވަޕޫލުން ވެސް ކުޅުނު މެޗު ކާމިޔާބު ކޮށްފިއެވެ. ހޮނހިރު ދުވަހުގެ ރޭ ސިޓީގެ އަމިއްލަ ދަނޑުގައި ނޯވިޗް ސިޓީއާއި ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ފުރަތަމަ ލަނޑުޖަހާފައި ވަނީ މެޗުގެ 07 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ނޯވިޗްގެ […]

ތިލަދުންމަތީ ހުނަރުވެރިން: ދެ ރުއް ދޭތެރޭގައި ރޯނެއް ދަމާލައިގެން ވޮލީކުޅެންފެށި ބާރަށު ރައްޒާން އެންމެ އުހަށް
Thiladhunmathi News

ތިލަދުންމަތީ ހުނަރުވެރިން: ދެ ރުއް ދޭތެރޭގައި ރޯނެއް ދަމާލައިގެން ވޮލީކުޅެންފެށި ބާރަށު ރައްޒާން އެންމެ އުހަށް

މިއީ ލިޔުމުގައި އޮންނަ ނަމަވެސް ކިއުމުގައި ނޯންނަ ނަމެކެވެ. އެންމެން ކިޔަނީ އަދި ލިޔަނީ ރަޒާންއެވެ. ނަމަވެސް ފުރިހަމަ ގޮތަކީ ހއ. ބާރަށު މޫދުމާގޭ ހުސައިން ރައްޒާންއެވެ. ރައްޒާން ނިސްބަތްވަނީ ވޮލީގެ އާއިލާއަކަށެވެ. ރާއްޖޭގެ ވޮލީބޯޅައިގައި މިހާތަނަށް އުފެދުނު އެންމެ މޮޅެތި ސެންޓަރ ބްލޮކަރުންގެ ތެރޭގައި ހިމެނޭ އަދި 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ބަރާބަރަށް ރާއްޖޭގެ ޤައުމީ ވޮލީ ޓީމުގައި ހިމެނި ކުޅެފައިވާ ބާރަށު މޫދުމާގޭ އަލީ އާމިރަކީ ރައްޒާންގެ […]

ދިއްދޫ ބަނދަރުން 4 ބިމެއް 15 އަހަރަށް ކުއްޔަށް ދޫކޮށްލަނީ
Thiladhunmathi News

ދިއްދޫ ބަނދަރުން 4 ބިމެއް 15 އަހަރަށް ކުއްޔަށް ދޫކޮށްލަނީ

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުގެ އިދާރާއިން އެ ރަށު ބަނދަރު ސަރަހައްދުގައި ހުސްކޮށް އޮތް ހަތަރު ބިމެއް ފަނަރަ އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމައިފިއެވެ. މިގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ހަތަރު ބިމަކީ ވައިލެޓް 4 ނަމަކަށް ކިޔާ 1039.50 ގެ އަކަފޫޓުގެ ބިމަކާއި، ވައިލެޓް 5 ނަމަކަށް ކިޔާ 1000.50 އަކަފޫޓުގެ ބިމަކާއި، ވައިލެޓް 6 ނަމަކަށް ކިޔާ 1070.50 އަކަފޫޓުގެ ބިމެއްގެ އިތުރުން ވައިލެޓް 7 ނަމަކަށް ކިޔާ 1992.38 އަކަފޫޓު ބިމެކެވެ. […]

ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ ކޮންޓްރެކްޓް އައުކޮށްފި
Sports

ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ ކޮންޓްރެކްޓް އައުކޮށްފި

ރެއާލް މެޑްރިޑްގެ މިހާރުގެ ކެޕްޓަން ކަރިމް ބެންޒެމާ އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކޮށްފިއެވެ. ބެންޒެމާއާއި ރެއާލްއާއި ދެމެދު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާން އޮތްނަމަވެސް އޭނާ މިވަނީ ރެއާލްގައި އިތުރު އެއްއަހަރު މަޑުކުރުމަށް އެއްބަސްވެ ކޮންޓްރެކްޓް އައުކޮށްފައެވެ. މިހާރު އޭނާ ރެއާލާއިއެކު ހަދާފައިވާ އެއްބަސް ވުމުގެ ދަށުން 2023 ވަނަ އަހަރުގެ ނިޔަލަށް އޭނާ ރެއާލްގައި މަޑުކުރާނެއެވެ. އުމުރުން 33 އަހަރުގެ ފްރާންސްގެ ފޯވާޑް ރެއާލާއި ގުޅިފައިވަނީ 2009 ވަނަ އަހަރުއެވެ. މިގޮތު...

ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ
Thiladhunmathi News

ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ. އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ހަނިމާދޫގެ މިސްކިތްތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ 24 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުއެވެ. ޖުމްލަ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމް އޯގަސްޓް މަހުގެ 27 ވަނަ ދުވަހާ...

ލޮކަޓެއްލީ ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްއަށް
Sports

ލޮކަޓެއްލީ ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްއަށް

އިޓަލީގެ ސަސުއޯލޯއަށް ކުޅެމުންއައި މެނުއަލް ލޮކަޓެއްލީ ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ޔުވެންޓަސްއާއި ގުޅިއްޖެއެވެ. ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތް އިޓަލީއަށް ކާމިޔާބު ކޮށްދިނުމުގައި އިޓަލީގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 23 އަހަރުގެ ލޮކަޓެއްލީ ޔުވެންޓަސްއާއި ގުޅިފައި މިވަނީ ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން އޭނާ ޔުވެންޓަސްގައި 2023 އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޔުވެންޓަސްގައި މަޑު ކުރާނެއެވެ. އެއަށްފަހު ޔުވެންޓަސްއިން އޭނާ އެ ކުލަބުގައި ދާއިމީކުރަނ...

ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން ހއ. އަތޮޅު ތައުލީމީ މަރުކަޒަށް އެހީވެއްޖެ
Thiladhunmathi News

ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން ހއ. އަތޮޅު ތައުލީމީ މަރުކަޒަށް އެހީވެއްޖެ

ހއ. ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އެ ރަށުގައި ހުންނަ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި ބޭނުން ކުރުމަށް ހަތަރު ބެންޗް ހަދިޔާކޮށްފިއެވެ. މި ބެންޗްތައް ފަރުމާ ކުރެވިފައި ވަނީ މޭޒެއް ހިމެނޭހެން އަދި އެ މޭޒުގެ ދެ ފަރާތުގައި ދަރިވަރުންނަށް އިށީންދެ ތިބެވޭހެން ގޮނޑި ހިމެނޭގޮތަށެވެ. އަދި ބެންޗް ފަރުމާކޮށްފައި ވަނީ އެއްތަނުން އަނެއްތަނަށް ފަސޭހައިން އުފުލޭގޮތަށެވެ. އެ މަރުކަޒުގައި ތަޢުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރުންނ...

ޓެމީ އަބްރަހަމް ރޯމާއަށް
Sports

ޓެމީ އަބްރަހަމް ރޯމާއަށް

ޗެލްސީއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ޓެމީ އަބްރަހަމް އިޓަލީގެ ރޯމާއަށް ބަދަލުވެއްޖެއެވެ. އަބްރަހަމް ރޯމާއަށް ބަދަލުވެފައި މިވަނީ ފަސްއަހަރުގެ އެއްބަސްވުމެއްގެ ދަށުން 40 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށެވެ. އުމުރުން 23 އަހަރުގެ އަބްރަހަމް ވަނީ ޗެލްސީގެ ޖޯޒީގައި 82 މެޗުކުޅެ 30 ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ. ރޯމާއަށް ބަދަލުވުމަށް ފަހު އަބްރަހަމް ބުނެފައި ވަނީ މިހާރު ރޯމާއަކީ ރަނގަޅު ފެންވަރުގެ ކާމިޔާބީތަކެއް ހޯދޭ ފެންވަރުގެ ކުލަބެއް ކަމަށެވެ. ވުމާއެކު މި ކުލަބަށް […]

ޖަރުމަނު ސްޕަ ކަޕް ބަޔާން މިޔުނުކް ކާމިޔާބުކޮށްފި
Sports

ޖަރުމަނު ސްޕަ ކަޕް ބަޔާން މިޔުނުކް ކާމިޔާބުކޮށްފި

ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ޖަރުމަނު ސްޕަ ކަޕްގެ ޗެމްޕިއަންކަން ބަޔާން މިޔުނިކުން ހޯދައިފިއެވެ. އަންގާރަ ދުވަހުގެ ރޭ ބްރޫޝިއާ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާން މިޔުނިކުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ޖަރުމަނު ސްޕަކަޕް މެޗަކީ އެންމެ ފަހުގެ ޖަރުމަނު ލީގުގެ ޗެމްޕިއަންއާއި ޖަރުމަނު ކަޕްގެ ޗެމްޕިއަންގެ މެދުގައި ކުޅެވޭ މެޗެކެވެ. މި މެޗުގައި ބަޔާން ވާދަކޮށްފައި ވަނީ ޖަރުމަނު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ. ޑޯޓްމަންޑް މި […]

މެދުކެނޑުމަކަށް ފަހު ހަނިމާދޫގައި އަލުން އޭލެވެލްއަށް ކިޔަވައިދޭން ފަށަނީ
Thiladhunmathi News

މެދުކެނޑުމަކަށް ފަހު ހަނިމާދޫގައި އަލުން އޭލެވެލްއަށް ކިޔަވައިދޭން ފަށަނީ

މެދުކެނޑުމަކަށް ފަހު ހަނިމާދޫ ސްކޫލުގައި އަނެއްކާވެސް އޭލެވެލްއަށް ކިޔަވައިދިނުން ފެށުމަށްޓަކައި ދަރިވަރުން ހޯދުމަށް އެ ސްކޫލުން އިޢުލާން ކޮށްފިއެވެ. އެކަށީގެންވާވަރަށް ދަރިވަރުން ލިބިއްޖެނަމަ އެ ސްކޫލުގައި އޭލެވެލްގެ ދެ ސްޓްރީމެއް ކިޔަވައިދޭން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ދެ ސްޓްރީމަކީ ސައިންސް ސްޓްރީމާއި ބިޒްނަސް ސްޓްރީމެވެ. ސައިންސް ސްޓްރީމަށް ވަންނަން ބޭނުންވާ ދަރިވަރުންގެ ހުންނަންވާނޭ ޝަރުތުތައް ގޮތުގައި ހިމަނާފައި ވަނީ އެސްއެސްސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައި ވުމާއެކު ޖީ....

ކުޅުދުއްފުށީގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕުލޭން ރައްޔިތުންނާއި ހިއްސާ ކުރަނީ
Thiladhunmathi News

ކުޅުދުއްފުށީގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕުލޭން ރައްޔިތުންނާއި ހިއްސާ ކުރަނީ

ކުޅުދުއްފުށި ސިޓީގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ފާސް ކުރުމުގެ ކުރިން ރައްޔިތުންނާ ހިއްސާކުރުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތުން އެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނާއި ތަރައްޤީގެ ޕްލޭން ފާސްކުރުމުގެ ކުރިން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުން 20 އޯގަސްޓް 2021 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ. ކުޅުދުއްފުށި ސިޓީއިން […]

ނެއްލައިދޫގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި
Thiladhunmathi News

ނެއްލައިދޫގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

ހދ . ނެއްލައިދޫ ފުލޫ ކުލިނިކަށް ދެއްކި ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނައުމާއިއެކު އެރަށުގައި ރައްކާތެރިކަމުގެ ގޮތުނަ އަޅާފައިވާ ފިޔަވަޅުތަށް އިތުރަށް ވަރުގަދަ ކޮށްފިއެވެ. އެ ރަށުން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި އެ ރަށު ސްކޫލުގެ ގްރޭޑް 9 ގައި ތަޢުލީމް ހާސިލް ކުރަމުންއައި ދަރިވަރެކެވެ. މި ކޭސްއާއި ގުޅިގެން އެޗްޕީއޭއިން […]

ކޯޓުއާ ރެއާލްއާއި އެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި
Sports

ކޯޓުއާ ރެއާލްއާއި އެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި

ބެލްޖިއަމްގެ އެއްނަމްބަރު ގޯލްކީޕަރ ތިބައޫ ކޯޓުއާ ރެއާލް މެޑްރިޑާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ. ކޯޓުއާ އިތުރު ފަސް އަހަރު ރެއާލަށް ކުޅުމަށް އެއްބަސްވެފައިވާއިރު، މި އެއްބަސްވުމުގެ ދަރުށުން ކޯޓުއާ ރެއާލްގައި 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަޑު ކުރާނެއެވެ. ކޯޓުއާ ރެއާލާއި އެކު ހަދާފައިވާ އެއްބަސްވުން އައު ކޮސްފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. ކުރިން ސްޕެނިޝް ލީގުގެ އެތުލެޓިކޯ މެޑްރިޑަށް ވެސް ކުޅެފައިވާ އުމުރުން 29 އަހަރުގެ ކޯޓުއާ ރެއާލަށް ބަދަލުވެފައި […]

ހޯރަފުށީ ކައުންސިލްގެ ހުއްދަނެތި އެ އަތޮޅު އުނގުލިފިނޮޅާއި ވެލިފިނޮޅަށް އެރުން މަނާކޮށްފި
Thiladhunmathi News

ހޯރަފުށީ ކައުންސިލްގެ ހުއްދަނެތި އެ އަތޮޅު އުނގުލިފިނޮޅާއި ވެލިފިނޮޅަށް އެރުން މަނާކޮށްފި

ހއ.ހޯރަފުށީގެ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދެރަށް ކަމުގައިވާ އުނގުލިފިނޮޅާއި ވެލިފިނޮޅަށް އެ ކައުންސިލުގެ ހުއްދަނެތި އެރުން މަނާކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ އުނގުލިފިނޮޅާއި، ވެލިފިނޮޅަކީ ހޯރަފުށީ ލޭންޑްޔޫސް ޕްލޭންގައި ވާގޮތުން ޓުއަރިޒަމަށް ހާއްޞަ ކުރެވިފައިވާ ދެރަށް ކަމަށްވެފައި، އެ ދެރަށް ބެލެހެއްޓުމަކީ މިހާރު އެ ރަށު ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. ފަހަކަށް އައިސް އެ ދެރަށަށް ދަތުރު ދިޔުމަށް ރަށުގެ ގިނަ ރައްޔިތުން އެދެމުންދާތީ...