Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
284 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ޗެމްޕިއަން އެތުލެޓިކޯ ހަނިގޮތަކަށް މޮޅުވިއިރު ބާސާ ވެސް މޮޅުވެ ފެށުން ރަނގަޅުކޮށްފި
Sports

ޗެމްޕިއަން އެތުލެޓިކޯ ހަނިގޮތަކަށް މޮޅުވިއިރު ބާސާ ވެސް މޮޅުވެ ފެށުން ރަނގަޅުކޮށްފި

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑު ކުޅުނު ފުރަތަމަ މެޗުގައި ސެލްޓަވީގޯ އަތުން ހަނިގޮތަކަށް މޮޅުވިއިރު، ބާސެލޯނާ ވެސް އެ ޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ސެލްޓަވީގޯގެ ދަނޑުގައި ކުޅުނު މި މެޗު އެތުލެޓިކޯއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ އެތުލެޓިކޯއިންނެވެ. […]

މިސާލެއްގެ ގޮތުގައި މާލެ ނަގާވަރަށް ވުރެ، މާލޭގެ ހާލަތުވަނީ ގޯސްވެފައި: އީޕީއޭ
Raajje

މިސާލެއްގެ ގޮތުގައި މާލެ ނަގާވަރަށް ވުރެ، މާލޭގެ ހާލަތުވަނީ ގޯސްވެފައި: އީޕީއޭ

މިސާލެއްގެ ގޮތުގައި މާލެ ނަގާވަރަށް ވުރެ މާލޭގެ ހާލަތުވަނީ ގޯސްވެފައިވާ ކަމުގައި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެ އެވެ. އަތޮޅުތެރެއަށް ތަރައްގީގެ މަޝްރޫއުތައް ގެންދާއިރު، މިސާލެއްގެ ގޮތުގައި ބަލަންވީ ދުބާއީ ސިންގަޕޫރު އަދި މާލެ ފަދަ ތަންތަން ނޫން ކަމަށާއި، އަތޮޅުތެރެއަކީ ވަރަށް ބޮޑަށް ލޯކަލް ޓޫރިޒަމަށް ބަރޯސާވެފައިވާ ތަންތަނަށްވާއިރު، އެކަމަށް ކުރާނެ އަސަރާ ދޭތެރޭ ވެސް ވިސްނަވައި، އަތޮޅުތެރޭގައި ތަރައްޤީ ކުރަންވާނީ ތިމާވެއްޓަ...

އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޓޮޓެންހަމްގެ އަތްދަށުވެއްޖެ
Sports

އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޓޮޓެންހަމްގެ އަތްދަށުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ޓޮޓެންހަމްގެ އަތް ދަށުވެއްޖެއެވެ. މިއީ މި ދެ ޓީމް ވެސް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. އާދީއްތަ ދުވަހުގެ ރޭ ޓޮޓެންހަމްގެ ވައިޓް ހާޓް ލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޓޮޓެންހަމްއިން ސިޓީގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ޓޮޓެންހަމް ދޫކޮށް ސިޓީއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަށް ގަދަވެފައިވާ ޓޮޓެންހަމްގެ އިތުބާރު ފޯވާޑް ހެރީ ކޭން ރޭގެ މެޗަށް ޓޮޓެންހަމްއިން […]

ނޮޅިވަރަން ކަނޑޫފަލުން ކަނޑޫގަސް ނުކެނޑުމަށް އިލްތިމާސްކޮށްފި
Thiladhunmathi News

ނޮޅިވަރަން ކަނޑޫފަލުން ކަނޑޫގަސް ނުކެނޑުމަށް އިލްތިމާސްކޮށްފި

ހދ. ނޮޅިވަރަން ކަނޑޫފަލުން ކަނޑޫގަސް ނުކެނޑުމަށް އެރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން އާންމުކޮށްފައިވާ ނޯޓުގައި ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް ވަރަށްގިނަ އަދަދެއްގެ ކަނޑޫ ގަސްތައް ކަނޑަމުންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތަށް ކަނޑޫ ގަސްތައް ކަނޑަމުންދާނަމަ ކަނޑޫފާގެ ކަނޑޫ ގަސްތައް ހުސްވެ ނެތިގޮސް ތިމާވެށީގެ ގޮތުން އިއާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ ކަނޑޫފާތަކުން ކަނޑޫގަސް ނުކެނޑުމަށް ނަސޭހަތްތެރިވާ ކަމުގައި...

ބެންޒެމާގެ ދެ ލަނޑާއިއެކު ރެއާލް މެޑްރިޑް ފެށުން ރަނގަޅުކޮށްފި
Sports

ބެންޒެމާގެ ދެ ލަނޑާއިއެކު ރެއާލް މެޑްރިޑް ފެށުން ރަނގަޅުކޮށްފި

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް ކުޅުން ފުރަތަމަ މެޗު އެ ޓީމުން ކާމިޔާބު ކޮށްފިއެވެ. ހޮނހިރު ދުވަހުގެ ރޭ ޑިޕޯޓިވޯ އަލަވޭސްއާއި ބައްދަލުކޮށް ރެއާލުން މެޗު ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއަކުންނެވެ. އެންޗެލޯޓީގެ އިރުޝާދުގެ ދަށުން މި މެޗުގައި ރެއާލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް އަލަވޭސްގެ ގޯލު ހުޅުވާލެވޭގޮތް ވަނީ ނުވެފައެވެ. މި މެޗުގައި ރެއާލުން ލީޑު ނަގާފައި ވަނީ 48 ވަނަ މިނެޓުގައެވެ. […]

ލިވަޕޫލާއި ޗެލްސީ ފެށުން ރަނގަޅު ކޮށްފި
Sports

ލިވަޕޫލާއި ޗެލްސީ ފެށުން ރަނގަޅު ކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި ލިވަޕޫލް ކުޅުނު މެޗުތައް ފަސޭހަކަމާއިއެކު އެ ޓީމްތަކުން ކާމިޔާބުކޮށް ލީގުގެ ފެށުން ރަނގަޅު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ޗެލްސީ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ ކްރިސްޓަލް ޕެލަސްއާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ މެޗުގެ 27 ވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ […]

ލީޑްސް ކޮޅަށް 5 ލަނޑުޖަހައި ޔުނައިޓެޑުން ފެންވަރު ދައްކާލައިފި
Sports

ލީޑްސް ކޮޅަށް 5 ލަނޑުޖަހައި ޔުނައިޓެޑުން ފެންވަރު ދައްކާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ލީގުގެ ފެށުން ޔުނައިޓެޑުން ރަނގަޅު ކޮށްފިއެވެ. ހޮނިހިރު ދުވަހު ހަވީރު މެންޗެސްޓާގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑުޖަހައި ލީޑު ނަގާފައެވެ. […]

ނޮޅިވަރަންފަރުގައި ކުރިއަށް ގެންދާ ފުޓްބޯޅަ ކޯޗިން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ނޮޅިވަރަންފަރުގައި ކުރިއަށް ގެންދާ ފުޓްބޯޅަ ކޯޗިން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ކޯޗިން ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މޯލްޑިވްސް ނެޝެނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސްއާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ނޮޅިވަރަންފަރު ކައުންސިލް އިދާރާއާއި ގުޅިގެ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 11 އޯގަސްޓް 2021 ވީ ބުދަ ދުވަހުއެވެ. 16 ސެޕްޓެންބަރ 2021 އިން 23 ސެޕްޓެންބަރ 2021 އަށް ޖުމްލަ އަށް ދުވަހުގެ […]

ސީޒަން ހުޅުވި މެޗުގައި އަލަށް ކޮލިފައިވި ބްރެންޓްފޯޑުން އާސެނަލް ބަލިކޮށްފި
Sports

ސީޒަން ހުޅުވި މެޗުގައި އަލަށް ކޮލިފައިވި ބްރެންޓްފޯޑުން އާސެނަލް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގު 2021-22 ސީޒަން ހުޅުވިމެޗު ރޭ ކުޅެފައިވާއިރު އެ މެޗުގައި ލީގަށް އަލަށް ކޮލިފައިވި ބްރެންޓްފޯޑުން އާސެނަލް ބަލިކޮށްފިއެވެ. ބްރެންޓްފޯޑްގެ ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން އާސެނަލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބްރެންޓްފޯޑުން ވަނީ ވަރަށް ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ. ބްރެންޓްފޯޑްގެ މުޅި ޓީމްގެ ފަރާތުންވެސް ވަރަށް ހިތްވަރާއިއެކު މަސައްކަތްކުރިތަން ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑު ޖަހާފައި […]

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫގައި ގިނަ ހަރަކާތްތަކެއް
Thiladhunmathi News

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫގައި ގިނަ ހަރަކާތްތަކެއް

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫގައި ގިނަ ހަރަކާތްތަކެއް ހިންގައިފިއެވެ. 1999 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 12 ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ “އިންޓަނޭޝަނަލް ޔޫތުޑޭ” އެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން 13 އޯގަސްޓް 2021 ވީ ހުކުރު ދުވަހު ހަނިމާދޫގައި ހިންގި އިވެންޓް ތަކުގެ ތެރޭގައި ހަނިމާދޫގެ ކައިޓް ސާފަރުންނާއި އއ. އުކުޅަސް ކައިޓް ސާފަރުން ގުޅިގެން ވަނީ ހަނިމާދޫގެ ފަޅުގައި އެ ޒުވާނުންގެ […]

ތަރައްޤީގެ ޕްލޭން ހުށަހަޅަންޖެހޭ މުއްދަތު ނޮވެމްބަރުގެ ނިޔަލަށް އިތުރުކޮށްފި
Raajje

ތަރައްޤީގެ ޕްލޭން ހުށަހަޅަންޖެހޭ މުއްދަތު ނޮވެމްބަރުގެ ނިޔަލަށް އިތުރުކޮށްފި

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ހަދަންޖެހޭ ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި ހުށަހަޅަންޖެހޭ ތާރީޚް ނޮވެމްބަރު މަހުގެ ނިޔަލަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިތުރު ކޮށްދީފިއެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރޭގައި ކައުންސިލަރުން މަޤާމުގެ ހުވާކުރާ މުއްދަތުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި ރަށު ފެންވަރުގައި ތަރައްގީގެ ޕްލޭނެއް އެކުލަވާލައި ހުށަހަޅަން ޖެހެއެވެ. ނަމަވެސް މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު އަލަށް ހުވާކުރި ކައުންސިލްތަކަށް މި ފާއ...

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު ބަލައިފި
Thiladhunmathi News

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު ބަލައިފި

ހދ. ނޮޅުވަރަންފަރުގައި ދިރިއުޅެމުންދާ ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ކުރިއަށް ގެންގޮސްފިއެވެ. ނޮޅިވަރަންފަރުގައި ދިރިއުޅެމުންދާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް އޮޅުންފިލުވައި އެކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަށްޓަކައި ހިންގުނު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 10 އޯގަސްޓް 2021 ވީ އަންގާރަ ދުވަހުއެވެ. މި ހަރަކާތާއި ގުޅޭގޮތުން...

ބިލެތްފަހީގައި ހުޅުވި ފުރަތަމަ ގެސްޓް ހައުސް "ނަޒާ ލޮޖް"
Thiladhunmathi News

ބިލެތްފަހީގައި ހުޅުވި ފުރަތަމަ ގެސްޓް ހައުސް "ނަޒާ ލޮޖް"

ށ. ބިލެތްފަހީގައި މުޅިން އަލަށް ގެސްޓް ހައުސްއެއް ހުޅުވައިފިއެވެ. “ނަޒާ ލޮޖެ” ގެ ނަމުގައި ބިލެތްފަހީގައި މި ގެސްޓް ހައުސް ހުޅުވައި ޚިދުމަތް ދޭން ފަށާފައިވަނީ 12 އޯގަސްޓް 2021 ވީ ބުރާސްފަތި ދުވަހު (މިއަދު) އެވެ. އެ ގެސްޓް ހައުސް ހުޅުވައި ދެއްވާފައި ވަނީ ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދުއެވެ. މިއަދު ބިލެތްފަހީގައި ހުޅުވިގެންދިޔަ ގެސްޓް ހައުސްއާއި ގުޅޭގޮތުން “ތިލަދުން” ނޫހަށް މަޢުލޫމާތު ދެމުން އެ ގެސްޓް ހައުސްގެ މެނޭޖަރ އަލީ ސުނީލް ބުނެފައިވަނީ […]

ފަޟީލް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ކުރެވުނު އޮޕަރޭޝަން ކާމިޔާބު
Thiladhunmathi News

ފަޟީލް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ކުރެވުނު އޮޕަރޭޝަން ކާމިޔާބު

ހއ. ދިއްދޫ ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް މިއަދު ކުރެވުނު އޮޕަރޭޝަން ކާމިޔާބު ކަމުގައި، ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެ ރަށު ޖަމްޢިއްޔާއެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބުން ހާމަކޮށްފިއެވެ. އެ ކުލަބުން ހާމަކޮށްފައިވާ ގޮތުގައި ފަޟީލްގެ ހާލުވެސް އަދި ކިޑްނީ ހަދިޔާކުރި އޭނާގެ ބޭބެގެ ހާލުވެސް ރަނގަޅެވެ. ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އިންޑިއާގެ މިއޮޓް ހޮސްޕިޓަ...

ފިއްލަދޫ ކައުންސިލްގެ ހުއްދަ ނެތި ދައްޕަރަށް އެރުން މަނާކޮށްފި
Thiladhunmathi News

ފިއްލަދޫ ކައުންސިލްގެ ހުއްދަ ނެތި ދައްޕަރަށް އެރުން މަނާކޮށްފި

ހއ.ފިއްލަދޫގެ އިޚްތިޞާޞްތެރޭގައި ހިމެނޭ ފިއްލަދޫގެ ބައެއް ކަމުގައިވާ ދައްޕަރަށް ފިއްލަދޫ ކައުންސިލްގެ ހުއްދަނެތި އެރުން މަނާކޮށްފިއެވެ. މިކަން އަންމު ކުރުމުގެ ގޮތުން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2010/7 ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ، ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ އުސޫލުގެ ދަށުން، 18 މާރޗް 2020 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓްކޮށް އ...