ރޮނާލްޑޯ ޔުނައިޓެޑަށް
އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އައި ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ. އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިކަން ޔުނައިޓެޑުގެ ރަސްމީ ވެބްސައިޓުން ވަނީ ކަށަވަރުކޮށްދީފައެވެ. ރޮނާލްޑޯ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއިން ޔުނައިޓެޑަށް ބަދަލުވެފައިވަނީ އޭނާގެ އުމުރުން 18 އަހަރުގައި އޭރު ރެކޯޑް ފީ އެއްކަމަށްވާ 13 މިލިއަން ޕައުޑްގެ އަގެއްގައެވެ. އަދި 2009 ވަނަ އަހަރު ރޮނާލްޑޯ ރެއާލަށް ބަދަލ...