Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
286 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ކަނބުލޮ ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން މަންތާއަށް
Thiladhunmathi News

ކަނބުލޮ ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން މަންތާއަށް

ހދ.ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ހިރަފުސް ކަނބުލޮ ފުޓްސަލް ޗެލެންޖް 2022” ގެ ޗެމްޕިއަންކަން މަންތާއިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލު މެޗުގައި ބައްދަލު ކޮށްފައި ވަނީ މަންތާއާއި ކެޑެވެ. ފައިނަލް މެޗު މަންތާއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިން ކެޑުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި މަންތާ ޓީމުން ޖެހި ތިން ލަނޑު […]

ތިލަދުންމަތީ ހުނަރުވެރިން: ނައިވާދޫ ޝާއްޕެ، ފުޓްސަލްއިން ޤައުމަށް ރީތި ނަން ހޯދައިދީ ތާރީޚްގެ ތެރެއަށް
Column

ތިލަދުންމަތީ ހުނަރުވެރިން: ނައިވާދޫ ޝާއްޕެ، ފުޓްސަލްއިން ޤައުމަށް ރީތި ނަން ހޯދައިދީ ތާރީޚްގެ ތެރެއަށް

ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖޭގައި އެންމެ ބޮޑު މަޤުބޫލުކަމެއް ހޯދި އެއް ކުޅިވަރަކީ ފުޓްސަލްއެވެ. ރާއްޖޭގައި މިހާރު ވައިގައި ހިފާފައިވާ މި ކުޅިވަރު، ޕްރޮފެޝަނެއްގެ ގޮތުގައި ޚިޔާރުކޮށް އެއިން ކުރިއަށް ދިޔުމަށް ބުރަކޮށް މަސައްކަތްކުރާ ޒުވާނުން އަންނަނީ ގިނަވަމުންނެވެ. މިގޮތުން ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫއަށް އުފަން އަބްދުﷲ ޝާފިއު (ޝާއްޕެ) އަކީ ވެސް ފުޓްސަލް ދަނޑުތަކުން ފެންނަ ހުނަރުން ފުރިގެންވާ ޒުވާނެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމްގައި ހިމެނޭ ޝާއްޕެގެ އަޑު މި ފަހުން ގަދަވެގ...

ކެލާ ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ކެލާ ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ.ކެލާ ކައުންސިލްގެ އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، އެ ރަށު ފުޓްސަލް ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގައި ފުރުޞަތު ކުންފުނި ޕާޓްނަރޝިޕް ލޯކަލް އިންވެސްޓްމަންޓް، އަމިއ...

"ނޮޅިވަރަމު ކައުންސިލް، ހުވާސް ވޮލީބޯޅަ މުބާރާތް" އަންނަ މޭ މަހު ފަށަނީ
Thiladhunmathi News

"ނޮޅިވަރަމު ކައުންސިލް، ހުވާސް ވޮލީބޯޅަ މުބާރާތް" އަންނަ މޭ މަހު ފަށަނީ

ހދ. ނޮޅިވަރަމު ކައުންސިލް ހުވާސް ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އިއްޔެ އެ ކައުންސިލުން ހުޅުވާލާފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 09 މެއި 2022 ވާ ބުރާސްފަތި ދުވަހުއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، ޓީމް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 09 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ލިސްޓު 24 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 […]

ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން-01 ގެ ޗެމްޕިއަންކަން އިހަވަންދޫއަށް
Sports

ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން-01 ގެ ޗެމްޕިއަންކަން އިހަވަންދޫއަށް

ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން އިހަވަންދޫ ފުޓްސަލް ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ޒޯން-1 ގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، ފައިނަލު މެޗުގައި ބައްދަލު ކޮށްފައި ވަނީ ކަނޑިތީމާއި އިހަވަންދޫއެވެ. ފައިނަލް މެޗު އިހަވަންދޫއިން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި ފުރަތަމަ ލަނޑު އިހަވަންދޫއަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ މުޙައްމަދު ފަޒީލެވެ. ދެވަނަ […]

އެފްއޭކަޕް ސެމީގައި ލިވަޕޫލާއި ސިޓީ، ޗެލްސީއާއި ކްރިސްޓަލް ޕެލަސް
Sports

އެފްއޭކަޕް ސެމީގައި ލިވަޕޫލާއި ސިޓީ، ޗެލްސީއާއި ކްރިސްޓަލް ޕެލަސް

އިނގިރޭސި އެފްއޭކަޕް ސެމީ ފައިނަލުގައި ޗެލްސީއާއި ކްރިސްޓަލް ޕެލަސް ވާދަކުރަން ޖެހޭއިރު މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ވާދަކުރަން ޖެހިއްޖެއެވެ. މުބާރާތުގެ ސެމީ ފައިނަލުން މެންޗެސްޓާ ސިޓީ ޖާގަ ހޯދާފައި ވަނީ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުގައި ސައުތެމްޓަންގެ މައްޗަށް 4-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީއަށް ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރަހީމް ސްޓާލިންއެވެ. […]

ގިނަ ދުވަސްތަކަކަށް ފަހު ރެއާލް އަތުން ބާސާއަށް ބޮޑު މޮޅެއް
Sports

ގިނަ ދުވަސްތަކަކަށް ފަހު ރެއާލް އަތުން ބާސާއަށް ބޮޑު މޮޅެއް

ސްޕެނިޝް ލަލީގާގައި އެންމެ ވާދަވެރި ދެ ކުލަބް ކަމުގައިވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެނަތީޖާއިންނެވެ. އެންމެ ފަހުން މި ދެ ޓީމް ވާދަކުރި ފަސް މެޗު ވެސް ކާމިޔާބު ކޮށްފައި ވަނީ ރެއާލުންނެވެ. މި މެޗާއި ރެއާލުން ކުރިމަތިލީއިރު ރަނގަޅު ފޯމެއްގައި ހުރި އެ ޓީމްގެ ކެޕްޓަން ބެންޒެމާގެ ފައިގެ ކުޑަކަޅުވާ މަސްގަނޑަށް […]

މޮނާކޯއިން ފަސޭހަކަމާއިއެކު ޕީއެސްޖީ ބަލިކޮށްފި
Sports

މޮނާކޯއިން ފަސޭހަކަމާއިއެކު ޕީއެސްޖީ ބަލިކޮށްފި

ފްރާންސް ލީގުގައި ޕީއެސްޖީއާއި މޮނާކޯ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު މޮނާކޯއިން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހު ހަވީރު މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަންގައި މިހާތަނަށް، ލީގުގައި ޕީއެސްޖީ އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. ލީގުގައި ރަށުން ބޭރުގައި ޕީއެސްޖީން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން ޕީއެސްޖީން އެންމެ […]

ތާވަލުގެ އެއްވަނާގައި ބަޔާން މިއުނިކަށް ހަތް ޕޮއިންޓްގެ ލީޑެއް
Sports

ތާވަލުގެ އެއްވަނާގައި ބަޔާން މިއުނިކަށް ހަތް ޕޮއިންޓްގެ ލީޑެއް

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ބަޔާނުން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކިންގްސްލީ ކޫމަންއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ […]

އެފްއޭކަޕްގެ ސެމީ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފި
Sports

އެފްއޭކަޕްގެ ސެމީ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފި

އިނގިރޭސި އެފްއޭކަޕްގެ ސެމީ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާއި މިޑްލްސްބަރާ ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ފެނިފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި މޭސަން މައުންޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލުކަކޫއެވެ. ދެވަނަ ލަނޑު […]

ވިލާ ބަލިކޮށް ތާވަލުގެ ހަތަރުވަނައިގައި އާސެނަލުން ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފި
Sports

ވިލާ ބަލިކޮށް ތާވަލުގެ ހަތަރުވަނައިގައި އާސެނަލުން ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާއި އާސެނަލް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހު ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އާސެނަލަށް ކުޅެމުން އަންނަ އިނގިރޭސި ޒުވާން ފޯވާޑް ބުކަޔޯ ސަކާއެވެ. ސަކާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ވިލާގެ އޭރިއާ ބޭރުގައިހުރެ ފޮނުވާލި […]

ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ނުކެނޑުމަށް ހިރިމަރަދޫ ކައުންސިލުން އިލްތިމާސް ކޮށްފި
Thiladhunmathi News

ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ނުކެނޑުމަށް ހިރިމަރަދޫ ކައުންސިލުން އިލްތިމާސް ކޮށްފި

ހދ. ހިރިމަރަދޫގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ނުކެނޑުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެކަން ހާމަކޮށް ހިރިމަރަދޫ ކައުންސިލުން އިއްޔެ އާންމު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ބައެއް ފަރާތްތަކުން ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތަކަށް ގެއްލުންދީ، ކަނޑައި ހަދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ކެނޑުމާއި، އެންދުމާއި، ގެއްލުން ދިނުމުގެ އިތުރުން ހޭޅިފަށް ހިމެނޭ ސަރަޙައްދުން ތަންތަނ...

ޔޫރޮޕާ ލީގް: ގަލަޓަސަރާއީ ބަލިކޮށް ބާސާ ކުއާޓާއަށް
Sports

ޔޫރޮޕާ ލީގް: ގަލަޓަސަރާއީ ބަލިކޮށް ބާސާ ކުއާޓާއަށް

ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ބާސެލޯނާއާއި ގަލަޓަސަރާއީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބާސާ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ދެވަނަ ބުރުގައި މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ބާސާގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެވަނަ ލެގުގެ މެޗު ރޭ ގަލަޓަސަރާއީގެ ދަނޑުގައި ކުޅުނުއިރު، މި މެޗު ބާސާ ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ […]

ވިޔަރެއާލާއި ޗެލްސީ ކުއާޓާއަށް
Sports

ވިޔަރެއާލާއި ޗެލްސީ ކުއާޓާއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުތައް ކާމިޔާބުކޮށް ވިޔަރެއާލާއި ޗެލްސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ވިޔަރެއާލް ކުއާޓާއިން ޖާގަ ހޯދާފައި ވަނީ އިޓަލީގެ ގަދަ ބާރެއް ކަމަށްވާ ޔުވެންޓަސް ކަޓުވާލުމަށް ފަހުއެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ވިޔަރެއާލްގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ބުދަ ދުވަހުގެ ރޭ ދެވަނަ ލެގުގެ މެޗު ޔުވެންޓަސްގެ ދަނޑުގައި […]

ލިވަޕޫލުން ސިޓީއާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފި
Sports

ލިވަޕޫލުން ސިޓީއާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ލިވަޕޫލުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ […]