ހދ.ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ހިރަފުސް ކަނބުލޮ ފުޓްސަލް ޗެލެންޖް 2022" ގެ ޗެމްޕިއަންކަން މަންތާއިން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލު މެޗުގައި ބައްދަލު ކޮށްފައި ވަނީ މަންތާއާއި ކެޑެވެ. ފައިނަލް މެޗު މަންތާއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިން ކެޑުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި މަންތާ ޓީމުން ޖެހި ތިން ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 10 ފާތިމަތު މިއުޝާއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުނަތެރިޔާއަށް ވެސް ހޮވޮފައި ވަނީ މިއުޝާއެވެ.

Ad
rt

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފއިވަނީ މަންތާ ޓީމްގެ ޖޯޒީ ނަމްބަރު 80 އައިމިނަތު ނިފްލީނާ، މަންތާ ޓީމްގެ ޖޯޒީ ނަމްބަރު 10 ފާތިމަތު މިއުޝާ، ޓީމް ފައިވްގެ ޖޯޒީ ނަމްބަރު 8 ހަދީޖާ އަލީ، ކެޑްގެ ޖޯޒީ ނަމްބަރު 8 އައިމިނަތު ލައުޒާގެ އިތުރުން މަންތާގެ ޖޯޒީ ނަމްބަރު 8 ފާތިމަތު އިނާޝާއެވެ.

ރަނަރަޕް ޓީމްގެ މަޤާމު ކެޑަށް ލިބިފައިވާއިރު، މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ ބީއެސްއޭއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ މަންތާ ޓީމްގެ ޖޯޒީ ނަމްބަރު 10 ފާތިމަތު މިއުޝާއެވެ. އޭނާ ވަނީ މުބާރާތުގައި 14 ލަނޑު ޖަހާފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކުއީން އޮފް ދަ ޓޯނަމަންޓް) އަށް ހޮވިފައި ވަނީ ވެސް މަންތާގެ ޖޯޒީ ނަމްބަރު 10 ފާތިމަތު މިއުޝާއެވެ.

ހިރަފުސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ހިރަފުސް އިންޓަ އޮފީސް ފުޓްސަލް ޗެލެންޖް 2022 ގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. މިރޭ 20:30 ގައި ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ޕޮލިސްއާއި އެސްޓީއޯއެވެ.