ހދ. ނޮޅިވަރަމު ކައުންސިލް ހުވާސް ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އިއްޔެ އެ ކައުންސިލުން ހުޅުވާލާފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 09 މެއި 2022 ވާ ބުރާސްފަތި ދުވަހުއެވެ.

Ad
rt

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، ޓީމް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 09 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ލިސްޓު 24 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 ކުރިން ނޮޅިވަރަމު ކައުންސިލަށް ހުށަހަޅަން ޖެހެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑިތަކުގައި އެ ކައުންސިލް އިދާރާއިން ދޫކުރުމަށް ހަމަޖެހިފައިވާއިރު، އޮންލައިންކޮށް ޓީމް ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް ފުރިހަމަކޮށް ފޯމް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

ފޯމް: https://forms.gle/2tizXJ79dj2aeoQN9

މި މުބާރާތުގައި ރަށުން ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރު ދެ ކުޅުންތެރިން ހިމެނުމަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، ރަށުގެ އަންހެނަކާއި ކައިވެނި ކޮށްގެން އުޅޭ ފިރިހެނުންނާއި، ދިގު މުއްދަތަށް އެ ރަށުގައި ދިރިއުޅޭ މީހުން ބެލުމަށް ހަމަޖެހިފައި ވަނީ އެ ރަށު މީހުންގެ ގޮތުގައެވެ.