ލަކުޑިން ހަދާފައިވާ ބުދެއް ހަނިމާދޫއަށްވެސް ލައްގައިފި
ލަކުޑިން ހަދާފައިވާ ބުދެއް ހދ.ހަނިމާދޫއަށްވެސް ލައްގައިފިއެވެ. ހަނިމާދޫ ބަނދަރު ސަރަހައްދުން މިރޭ ފެނިފައިވާ އެ ބުދުގައި ތިން ފޫޓުވަރު ހުންނާނެއެވެ. ހަރު ލަކުޑިއަކުން ހަދާފައިވާ އެ ބުދުގައި މީހެއްގެ މޫނު ސިފަވާގޮތަށް ކަނޑާނަގާފައިވާއިރު، ބުދުގެ ކުރިމަތިފަރާތަށް ވާގޮތަށް ދެ އަތް ހުރަހަށް ފާޅުވާގޮތަށް ވެސް ވަނީ ކަނޑާނަގާފައެވެ. މީގެ އިތުރުން ބުދުގެ ތިރީބައިގައި އިންސާނެއްގެ މޫނު ސިފަވާގޮތަށް ވެސް ބައެއްވަނީ ކަނޑާ ނަގާފައެވެ. މި ބުދު ގިނަދުވަސްތަކެއް ވަންދެން މޫދުގައި އޮތުމުގެ ސަބަބުން، ކަނޑު ރިނދަ...