ހދ.ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ހިމެނެނީ ދެ ކުޅިވަރެކެވެ. އެއީ ފުޓްސަލްއާއި ހޭންޑްބޯޅައެވެ.

Ad
rt

ނޭކުރެންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ފުޓްސަލް މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ޒުވާނުންނާއި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކޮށް ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފައްދައި ޤައުމީ ފެންވަރުގައި ފުޓްސަލް ކުޅޭނެ ކުޅުންތެރިން އުފެއްދުމެވެ.

ހޭންޑްބޯޅަ މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ހުނަރުވެރި ހޭންޑްބޯޅަ ކުޅުންތެރިން އުފެއްދުމާއި، އެ ރަށުގެ ރައްޔިތުންނަކީ ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމުގެ އިތުރުން ކުޅިވަރު މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި ފެސްޓިވަލްގައި ހިމެނޭ ދެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 01 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވުމަށާއި، 15 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ޓީމް ލިސްޓް ހުށަހެޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމް ދޫކުރުމުގައި ބަލައިގަތުން އެ އިދާރާގެ ކައުންޓަރުގެ އިތުރުން އޮނަލައިންކޮށް ލިބޭނޭ އިންތިޒާމް އެ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. އޮންލައިންކޮށް ފޯމް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، އެ އިދާރާގެ މެއިލް އެޑްރެސްއަށް ފޮނުވުމަށް އެ ކައުންސިލުން އެދިލައްވައެވެ. (neykurendhoo.office@gmail.com)

ހޭންޑްބޯޅަ ޤަވައިދު: https://storage.googleapis.com/gazette.gov.mv/docs/iulaan/96392.pdf

ފުޓްސަލް ޤަވައިދު: https://storage.googleapis.com/gazette.gov.mv/docs/iulaan/96393.pdf

ފުޓްސަލްގައި ބައިވެރިވުމަށް އެދޭ ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/96394.pdf

ހޭންޑްބޯޅައިގައި ބައިވެރިވުމަށް އެދޭ ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/96395.pdf

ޓީމް ރަޖިސްޓަރީކުރާ ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/96397.pdf