2024 ވަނަ އަހަރު ބާއްވާ ޔޯރޯއިން ވެސް ރަޝިއާއަށް ފުރުޞަތެއް ނެތް
2024 ވަނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ވާދަކުރުމުގެ ފުރުޞަތު ރަޝިއާއަށް ނުދޭން ޔެއެފާއިން ނިންމައިފިއެވެ. ވުމާއިއެކު 2024 ވަނަ އަހަރުގެ ޔޫރޯއިން ރަޝިއާ ނުފެންނާނެއެވެ. މި އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔުކްރެއިންއަށް އަރައި ހަނގުރާމަ ފެށުމާއި ގުޅިގެން ޔުއެފާއިން ވަނީ ޔުއެފާގެ ހުރިހާ މުބާރާތަކުން ރަޝިއާގެ ކުލަބްތަކާއި ޤައުމީ ޓީމް ސަސްޕެންޑް ކޮށްފައެވެ. މިގޮތުން ރަޝިއާ ޓީމްތައް ސަސްޕެންޑްކޮށްފައިވާ މުބާރާތްތަކުގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފ...