އުމުރުން 35 އަހަރުގެ އުރުގުއޭ ފޯވާޑް އެޑިޝަން ކަވާނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ސްޕެއިންގެ ވެލެންސިއާއަށް ސޮއި ކޮށްފިއެވެ.

ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ކަވާނީ ވެލެންސިއާއަށް ސޮއިކޮށްފައިވާއިރު، މިއީ އޭނާ ސްޕެނިޝް ލީގުގެ ޓީމަކާއި ގުޅުނު ފުރަތަމަ ފަހަރެވެ.

Ad
rt

ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ކަވާނީ އެންމެ ފަހުން ކުޅެފައި ވަނީ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށެވެ. މިދިޔަ ސީޒަން ނިމުމަށް ފަހު ޔުނައިޓެޑުން ކަވާނީގެ ކޮންޓްރެކްޓް އައުކޮށްފައި ނުވުމާއިއެކު ފާއިތުވި ދުވަސްތަކުގައި އޭނާ އެއްވެސް ޓީމަކާއިއެކު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި ނުވެއެވެ.

ކުރިން އިޓަލީގެ ނަޕޯލީއަށާއި ފްރާންސްގެ ޕީއެސްޖީއަށް ވެސް ކަވާނީ ވަނީ ކުޅެފައެވެ. ކެރިއަރުގެ ގިނަ ކާމިޔާބީތަކެއް ކަވާނީ ހޯދާފައިވަނީ ޕީއެސްޖީއާއި އެކުގައެވެ. މިގޮތުން އޭނާ ވަނީ ޕީއެސްޖީއާއިއެކު ހަ ލީގުތަށި ކާމިޔާބު ކޮށްފައެވެ. ކަވާނީ ވަނީ ޕީއެސްޖީއަށް 200 ލަނޑު ޖަހައިދީފައެވެ. ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާގެ ރެކޯޑް އަދިވެސް އޮތީ އޭނާގެ އަތުގައެވެ.

ކަވާނީއަކީ އުރުގުއޭ ގައުމީ ޓީމްގެ ވެސް މުހިންމު ކުޅުންތެރިއެކެވެ. މިގޮތުން އޭނާވަނީ ގައުމީ ޓީމަށް ކުޅެދިން 133 މެޗުގައި 58 ލަނޑު ކާމިޔާބު ކޮށްފައެވެ. އުރުގުއޭގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައި ވަނީ ލުއިސް ސުއަރޭޒްއެވެ. ސުއަރޭޒްގެ ފަހަތުން މި ލިސްޓްގެ ދެވަނާގައި އޮތީ ވެސް ކަވާނީއެވެ.

ވެލެންސިއާއާއި ގުޅުމަށް ފަހު ކަވާނީ ބުނެފައިވަނީ ވެލެންސިއާއަކީ ސްޕެއިންގެ ބޮޑު ކުލަބެއް ކަމަށާއި މި ކުލަބުގެ ސަޕޯޓަރުންގެ ލޯބި މިހާރު ވެސް ފެނިފައިވާކަމަށާއި، އެއީ ފުޓްބޯޅައިގައި އެންމެ މުހިންމު އެކަތިކަމަށެވެ. ކަވާނީ އިތުރަށް ބުނެފައިވަނީ މުޅި ޓީމުގެ އެހީތެރިކަމާ އެކު ސަޕޯޓަރުން ހިތްހަމަޖެހޭ ވަރުގެ ނަތީޖާ އެއް ނެރެން މަސައްކަތް ކުރާނެ ކަމަށެވެ.