ނުރައްކާތެރި އެކްސިޑެންޓެއް: ދެ މީހުންގެ ބޯ ފެޅި، ފައިވެސް ދެތަނަކުން ބިނދިއްޖެ
ލ.ގަން ލިންކް ރޯޑުގައި މިރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ. ފުލުހުން މީޑިއާއަށް ހިއްސާކުރި މެސެޖެއްގައި ބުނީ ލ.ގަން ލިންކް ރޯޑްގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް މިރޭ 19:03 ހާއިރު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމށެވެ. ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. އެގޮތުން ސައިކަލު ދުއްވަން އިން 44 އަހަރުގެ […]