ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ކުޅުދުއްފުށީ ޤުރުއާން މުބާރާތް" ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 19 އިން 21 އަށް ކުޅުދުއްފުށީގައެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 22 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އެ ދަރިވަރަކު ބައިވެރިވާ ސްކޫލް، ޤުރުއާން ކްލާސް ނުވަތަ ޔުނިވަރސިޓީ މެދުވެރިކޮށް ސިޓީ ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މީގެއިތުރުން މުބާރާތުގައި ބައިވެރިވާ ސްކޫލް، ޤުރުއާން ކްލާސް ނުވަތަ ޔުނިވަރސިޓީތަކުން އެތަނަކުން ބައިވެރިވާ ފަރާތްތަކުގެ އެކްސެލް ލިސްޓެއް ސިޓީ ކައުންސިލް އިދާރާއަށް ފޮނުވައި ދެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މުބާރާތުގައި ހާފިޡުންގެ ބައިގައި ބައިވެރިވުމަށް އެދޭ އަމިއްލަ ފަރާތްތަކުން އަމިއްލަ ހައިސިއްޔަތުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ހުށަހެޅުމުގެ ފުރުޞުތު ވެސް ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

ފޯމް: https://form.jotform.com/251452032078450

ގަވައިދު: https://storage.googleapis.com/gazette.gov.mv/docs/iulaan/231623.pdf