ކޮންފަރެންސް ލީގު ކާމިޔާބު ކުރުމުން ޗެލްސީއަށް ޔޫރަޕުގައި ހާއްސަ ޝަރަފެއް
ޔެއެފާ ކޮންފަރެންސް ލީގު ކާމިޔާބު ކުރުމާއިއެކު ޔޫރަޕުގެ ހުރިހާ މުބާރާތެއްގެ ތަށި ހޯދި ފުރަތަމަ ޓީމުގެ ޝަރަފް ޗެލްސީއަށް ލިބިއްޖެއެވެ. ކޮންފަރެންސް ލީގުގެ ފައިނަލުގައ ރޭ ޗެލްސީއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު، ޗެލްސީން ކާމިޔާބު ކޮށްފައިވަނީ ބެޓިސް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ހަތަރު ލަނޑު (4-1) ޖަހައިގެންނެވެ. ޔޫރަޕްގެ ތިންވަނަ ގިންތީގެ މުބާރާތް ކަމަށްވާ ކޮންފަރެންސް ލީގުގެ ތަށި އުފުލައިލުމާއިއެކު ޗެލްސީ ވެފައިވަނީ ޔޫއެފާއިން އިންތިޒާމުކުރާ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ފުރަތ...