ސައުދީ ކިންގް ކަޕް އޮފް ޗެމްޕިއަންސްގެ ފައިނަލްގައި އަލް ޤަދްޝިއާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އަލް-އިއްތިހާދުން ހޯދައިފިއެވެ.

ހުކުރު ދުވަހު ކުޅުން ފައިނަލު މެޗު، އިއްތިހާދުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.

Ad
rt

މި ސީޒަންގައި މޮޅު ކުޅުމެއް ދެއްކި އަލް-އިއްތިހާދުން ވަނީ ސައުދީ ޕްރޮފެޝަނަލް ލީގުގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ. ކިން ކަޕަކީ އެ ޓީމުން މި ސީޒަންގައި ކާމިޔާބުކުރި ދެވަނަ ތައްޓެވެ. މިއީ 2018 ވަނަ އަހަރު ފަހުން އެ ޓީމަށް ކިންގް ކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ޓީމުން ކިންގް ކަޕް ކާމިޔާބުކުރި 10 ވަނަ ފަހަރެވެ.

އަލް-އިއްތިހާދުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ ބެންޒެމާއެވެ. އިއްތިހާދުގެ ދެވަނަ ލަނޑު ހޮއުސެމް ޖަހައދިންއިރު ފުރަތަމަ ހާފުގައި އަލް ގަދްޝިއާއަށް ފަރަގު ކުޑަކޮށްދިން ލަނޑު ޖަހައިދިނީ އައުބަމެޔަންއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ.

މެޗުގެ ތިންވަނަ ލަނޑު ބެންޒެމާ ޖަހައިދީފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ.