ތިލަދުންމަތީ އުތުރުބުރި ހިމެނޭހެން މެރިކަލްޗަރ ތަރައްގީކުރާ ފަސް ސަރަހައްދު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.
އެ ފަސް ސަރަހައްދުގެ ތެރޭގައި ހިމެނެނީ ހއ.އަތޮޅު، ރ.އަތޮޅު، ކ.އަތޮޅު، މ.އަތޮޅުގެ އިތުރުން ތ.އަތޮޅެވެ.
މި ޒޯނުތައް ކަނޑައެޅުމާއެކު އެ ޒޯނުތަކުގައި އިންވެސްޓުކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މެރިކަލްޗާ މަޝްރޫއުތައް ހިންގުމަށް އިންވެސްޓުކުރާ ފަރާތްތަކުގެ އަތުން އިކުއިޒިޝަން ކޯސްޓެއް ނުނެގުމާއެކު، އެ މަޝްރޫއުގެ ފުރަތަމަ ތިން އަހަރު އެ ތަންތަނުގެ ކުލި މައާފުކޮށްދިނުން ހިމެނެއެވެ.
މެރިކަލްޗާގެ ދާއިރާއިން މީހުން ތަމްރީނުކޮށް އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން 19 އަތޮޅެއްގެ 29 މީހަކަށް މެރިކަލްޗާގެ އަސާސީ ތަމްރީނު މިހާތަނަށް ވަނީ ދީފައެވެ.
މެރިކަލްޗާ ދާއިރާގެ ހޭލުންތެރިކަން މަދުރަސާތަކުގެ ދަރިވަރުންގެ މެދުގައި އުފެއްދުމަށް ހިންގާފައިވާ ޕްރޮގުރާމުގެ ތެރެއިން 142 ދަރިވަރުން އެކި ސެޝަންތައް ވަނީ ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!