ލ.ގަން ލިންކް ރޯޑުގައި މިރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާއަށް ހިއްސާކުރި މެސެޖެއްގައި ބުނީ ލ.ގަން ލިންކް ރޯޑްގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް މިރޭ 19:03 ހާއިރު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. އެގޮތުން ސައިކަލު ދުއްވަން އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ކަނާއަތު ފައިގެ ދެތަނަކުން ބިނދި ބޯފެޅި އަދި ފަހަތުގައި އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބޯ ދެތަނަކުން ފެޅި ކަނާތުފައި ދެތަނަކުން ބިނދި އިތުރު އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ދިވެހި ފިރިހެން މީހާ އަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާއިރު، އެކްސިޑެންޓްވި ދެ އުޅަނދަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމުގައި ފުލުހުން ބުންޏެވެ.
މި މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!