ކުޅުދުއްފުށީ އެއާޕޯޓްގެ ހިދުމަތް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތް މާލަސްތަކެއް ނުވެ ފެށޭނެ: އަމީން
ހދ.ކުޅުދުއްފުށީގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓްގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އަމަލީ މަސައްކަތް މާލަސްތަކެއްނުވެ ފެށިގެންދާނެ ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި އަހަރު ފެބްރުއަރީ ހަވަނަ ދުވަހު ރައްޔިތުންމަޖިލިސް ހުޅުއްވައިދެއްވައި ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ވެސް މި އަހަރު ކުޅުދުއްފުށި...