ވައިކަރަދޫއިން ފުރި ލޯންޗެއް ފަރަށް އަރައިފި
ހދ. ވައިކަރަދޫއިން ފުރި ލޯންޗެއް ފަރަށް އަރައިފިއެވެ. ވައިކަރަދޫ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރު ބުނެފައިވަނީ މިއީ ދެމީހުން ނާއިއެކު ދަތުރު ކުރި ލޯންޗެއްކަމަށެވެ. ވާފިރު ބުނެފައިވަނީ މިއީ ޓުވިންސް 1 ނަމަކަށް ކިޔާ ލޯންޗެއްކަމަށާއި މި ލޯންޗު ވައިކަރަދޫގެ ފަރުތެރެއަށް ރާޅާ ޖަހާލާފައިވާކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ހދ. ނައިވާދޫ ލޯންޗެކެވެ. ފަރަށް އެރުމުގެ ސަބަބުން ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާކަމަށް ވާފިރު ބުނެފައިވެއެވެ. މިހާރު މިލޯންޗުވަނީ ވައި...