‎‎"އައުރަ ނިވާކުރަން އެންގީ އިޔާޒެއް، އަލީއެއް، ކާސިމެއް ނޫނެވެ. އެއީ ﷲ ޠަޢާލާގެ އަމުރުފުޅެވެ." މިއީ އަހަރެންގެ ފަރާތުން ސިޓީއެއް..‎‎ "ވަޟަޢީ ޤާނޫނު ހަދާތަނުގައި ހަޅޭއްލަވާ ގޮތެއްނެތް އަންހެނާއަށް" މިމަޢުލޫމަށް މީސްމީޑީޔާގައި ޒުވާން އަންހެން ކުއްޖަކު ލިޔެފައިވާ އިބާރާތެކެވެ.

މިސިޓީގައި އެޒުވާނާ އިތުރަށް ބުނެފައިވަނީ އަންހެނުންނަށް ފުރައްސާރަކުރަން ފުރުސަތުދިނީ އިސްލާމްދީނެއް ނޫންކަމަށާއި ތިޔަ ބުނާ އިސްލާމްދީނުން އަންހެނާއަށް ދިނީ ހިމާޔަތާއި ޤަދަރާއި ރައްކާތެރިކަމާއި ޢިއްޒަތާއި ޝަރަފްކަމަށެވެ.

Ad
rt

އައުރަ ނިވާކުރަން އެންގީ އިޔާޒެއް، އަލީއެއް، ކާސިމެއް ނޫނެވެ. އެއީ ﷲ ޠަޢާލާގެ އަމުރުފުޅެވެ. ހަދަހަދާ ބަލިވިއިރުވެސް އިސްލާހުނުވެގެން ތިއުޅޭ ފާރޮށި ގާނޫނުފޮތް ކިޔާ އަކުރުން އަކުރަށް ބަލާހެން 7 އުޑުމަތިން ބާވާލެއްވި ފުރިހަމަ ޤާނޫނު، ކީރިތި ޤުރުޢާން ތަރުޖަމާ އެންމެ ކުޑަމިނުން ބަލާލަބަލާށެވެ. ހިޖާބުގެ އާޔަތްތައް ކިޔާލަބަލާށެވެ. ހަމައެކަނި އަހްޒާބް ސޫރަތުގެ 59 ވަނަ އާޔަތް އަދި ނޫރު ސޫރަތުގެ 31 ވަނަ އާޔަތްވެސް ހެއްކަކަށް ފުދޭނެއެވެ. ތިންފަހަރަށް ހަދީޘްގައި މަންމަގެ ނަން އައިސްފައިވެއެވެ. އެވަރު ގަދަރާ އިއްޒަތް ދިނުމުން އެ އިއްޒަތާއި ޝަރަފާއި ކަރާމާތް ކޮނޑުމަތިން ހޫރާލާފަ ހިޔުމަންރައިޓްސްއޭ، ޖެންޑަރ އީކުއަލިޓީއޭ ފެމިނިސްޓޭ ކިޔާފަ ސޫޓާ ބޫޓުގައި ތިޔަ ނުކުތީ ތިމާމެންނެވެ.

އެޒުވާނާ ބުނެފައިވެއެވެ.

ޝަރުޢީ ހިޖާބު ދޫކޮށް ދެފޮތިކޮޅުގައި ފޮޓޯތައް ފެންނަނީވެސް ހުދު ތިމާމެންގެކަމުގައިވެސް އެޒުވާނާގެ ލިއުމުގައި ވަނީ ބުނެފައެވެ. ކިތަންމެ ހަޅޭކެއް ލެވިޔަސް ފިރިހެނުންނާއި އަންހެނުންނާއި ހަމަހަމައެއް ނުވާނެއެވެ. އެއް ފަހަރު ހަމަހަމަކަމަށް ގޮވާފަ އަނެއްފަހަރު 3 ގުނަ ތިމަންނާމެން މައްޗޭ ގޮވީމަ ތިޔަކިޔާ އެއްޗެއް އެއްވެސް ތާކުންތާކު ނުޖެހޭކަމަށެވެސް ބުނެފައިވެއެވެ.

އިސްލާމް ދީނުގެ ނަން ބޭނުންކޮށްގެން އުންމަތުގެ ހުރިހާ އަންހެނުންނަށް ފުރައްސާރަކުރުމަށް ނިކުމެ ތިޔަތިބީ ޙުދު ތިމާމެންނެވެ. މިމައިކުން މިހެން ވާހަކަދެއްކެންޏާ އަންހެނުންގެ ހައްޤަށް މިއަޑު އުފުލާނަމޭ ބުނިއިރު މާފްކުރާށެވެ. އެއްވެސް ބަޔަކު ނިކުމެ އަންހެނުންގެ ހައްޤުގައި އަޑުގަދަކޮށް ޒުވާބުކޮށްގެން ތަޅާފޮޅައިގެން ހޯދަން ޖެހޭނެ އިތުރު ހައްޤެއް ނޯންނާނެއެވެ. އިސްލާމްދީން ވަނީ އަންހެނުންނަށް ހައްޤުވާނެ ހުރިހާ ހައްޤެއް ކަށަވަރުކޮށްދީފައެވެ. އޮޅިގެން ތިއުޅެނީ ތިޔަފަދަ ސެކިއުލާވިސްނުމުގެ އަންހެނުނަށެވެ. އަންހެނާގެ ހެދުމޭ ބުނުމުން ނިކަން ރުޅިއަރާ، އެ ވާހަކަދައްކާ އެންމެނަށާ، ނޫސްތަކުގައި އެ މޭރުމުން ވާހަކަދައްކާ އެންމެން ދައްކާނެ ވާހަކަ ނޭނގެންޏާ ވާހަކަ ނުދައްކާ ތިބޭށޭ، ތި ދައްކާ ވާހަކައެއް ކަލޭމެންނަކަށް ނޭނގެއޭ، ތި މޭރުމުން ވާހަކަ ދެއްކިޔަ ދިނުން ހުއްޓުވާލަންވީއޭ" ބުނުމުން ޒާތަކަށް އައީ ހިންޏެވެ.

މީސްމީޑީޔާގައި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގިނަބަޔަކު ޝެއާކުރަމުން ދާ މިލިއުމުގައި އިތުރަށް ބުނެފައިވެއެވެ.

ލަވަނީ ހޮޑެވެ. ފުރަތަމަ ބަންދުކުރަންވީ ތިޔަ ދެއުޅިއެއް ނުވާ އަނގަތަކެވެ. މޭފުއްޕާފަ ނިކުމެ ކަރުންހަންދާވަރަށް ހަޅޭއްލަވާ، ފިރިހެނުންގެ ގަޔަށް ބޮލަށްވެސް އަތްލާ، މޭޒުމައްޗަށް ކޮޅަށް އަރާ އުޅުމުން ބަޔަކަށް ތިވަރެއް ނެތޭ ހީވިޔަސް އަހަރުމެން އަންހެނުންވެސް ލަދުގަނެއެވެ. ވީއިރު ދީނުގައި އަންހެނުންނަށް ދެއްވާފައިވާއިއްޒަތާއި، ޝަރުއީ ހިޖާބުގެ ވާހަކައާއި، ފެމިނިސްޓް އަދި ޖެންޑާރ އީކުއަލިޓީއާ ދެކޮޅަށް ވާހަކަދައްކާ މީހުންނާއި އެފަދަ އާޓިކަލްތައް ލިޔާ މީހުންގެ އަނގަ ބަންދުކުރަން ނުވިސްނާށެވެ. ހުރަގެއަށް ލީކަމުގައިވިޔަސް ދޫ ހަރަކާތް ކުރެވެންޏާ މިއަޑުތަކެއް، އިނގިލިތައް ހަރަކާތް ކުރެވެންޏާ މިލިޔުންތަކެއް އިންޝާ ﷲ ނުހުއްޓުވޭނެއެވެ! ހައްޤުގެ މަގުގައި އުފުލި އަތްތައް އިންޝާ ﷲ ތިޔަހީކުރާހެން ތިރިއެއް ނުކުރެވޭނެއެވެ! އެންމެ ފަހުނޭވާއާއި ހަމައަށް އިސްލާމްދީނުގެ ދިފާޢުގައި ދެމިތިބޭނަމެވެ!.

މިސިޓީގައި އިތުރަށް ބުނެފައިވެއެވެ.