މިއީ މަހްކަމަތުއްދާޚިލިއްޔާ ގެ ޒަމާނެއް ނޫންކަމަށާއި ޤާނޫނުއަސާސީން މުޠްލަޤަށް ދީފައިވާ ހައްޤެއް ނިގުޅައެއް ނުގަނެވޭނެކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
މާލޭގައި އެއްވުން ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނިކަމަށް ބަޔާންކޮށް ހޯމް މިނިސްޓްރީން މިއަދު ނެރުނު އިޢުލާން އަށް ރައްދު ދެއްވާ ވައްޑެ މިހެން ވިދާޅުވެފައިވާއިރު މިކަމަށް ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
އެ މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ވެރިކަން ކުރާ މާލޭގައި ދެން އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ދޭ ހުއްދައަކާއި އެކު ހެންވޭރު ކާނިވާ ސަރަހައްދުގައި އެކަނި ކަމަށެވެ.
އެ މިނިސްޓްރީއިން އިން މިގޮތަށް ބުނެފައިވަނީ، މި ދުވަސްވަރަކީ ކޯވިޑް 19ގެ ބަލި ހަލުވި ކަމާއި އެކު މާލޭގައި ފެތުރޭ ދުވަސްކޮޅަކަށް ވުމުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ.
މިއީ މަހްކަމަތުއްދާޚިލިއްޔާ ގެ ޒަމާނެއް ނޫން. ޤާނޫނުއަސާސީން މުޠްލަޤަށް ދީފައިވާ ހައްޤެއް ނިގުޅައެއް ނުގަނެވޭނެ! https://t.co/9rt4bT2YWl
— Waddey (@waddey_) July 14, 2020
ފަހަކަށް އައިސް ރާއްޖޭގައި އަންހެނުން އާއި ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާ އިތުރުވެ، އެއްވެސް މައްސަލަ އަކަށް އިންސާފެއް ލިބިފައި ނުވާތީ ބައެއް ފަރާތް ތަކުން ދަނީ ނުރުހުން ފާޅުކޮށް އިންސާފު ހޯދަދިނުމަށް އެދި މުޒާހަރާ ކުރަމުންނެވެ.
މީގެ އިތުރުން މުސާރަ ނުދޭ މައްސަލައިގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް އަންނަނީ ހައްޤު ހޯދާ ދިނުމަށް އެދި މުޒާހަރާ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!