ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދިނުމާއި ގުޅޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅުއްވުމާއި ގުޅިގެން އާންމުންގެ ތެރޭގައި ދަނީ ތަފާތު ޝުޢޫރުތައް އުތުރި އަރަމުންނެވެ.
އެމަނިކުފާނު އެ ޤާނޫނަށް މި އިސްލާޙްތައް ހުށަހެޅުއްވީ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ކޮމިޓީން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ފޮނުވުމުން، އެ ބިލް އަނބުރާ ކޮމިޓީ އަށް ފޮނުއްވަމުންނެވެ. އެ ބިލު އަނބުރާ ފޮނުވާލައްވަމުން އެ މަނިކުފާނު ވަނީ އެމަނިކުފާނު ހުށަހަޅުއްވާ އިސްލާހާއި އެކު، އެ ބިލާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެންނެވެ.
އެއްގޮތަކަށް ވެސް ކޮށްގެންވާނެކަމެއްނޫނެވެ. ދުވަސްކޮޅަކުން މިގައުމުގައި ތިބޭނީ ހުސް ރެސިޑެންސްވިސާއޮންނަ އިންޑިއަނުންނެވެ. ތިޔަވިސާއެއޮތްގޮތަށް ބާއްވާ!
Nasheed beynunfulhuvanee 10 aharah vure gina dhuvahah ge eh kuyyah hifaa meehunnah resident visa dheyn https://t.co/jYdkzMkH2d— Ilyas Hussain Ibrahim (@illabe) July 17, 2020
އެ މަނިކުފާނު ވަނީ އެ ބިލަށް ހުށަހެޅުއްވި އިސްލާޙްގައި ތިން ބަޔެއް ހިމަނުއްވާފައެވެ. މިގޮތުން އެމަނިކުފާނު ހުށަހަޅުއްވާފައި ވަނީ އެ ބިލްގެ 7 ވަނަ މާއްދާގެ ކުރިއަށް މާއްދާއެއް އިތުރު ކުރެއްވުމަށެވެ.
ރައީސް ނަޝީދުގެ ހުށަހެޅުއްވުން
16. ރެސިޑެންޓް ވިޒާއަކީ، އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ ބިދޭސީއަކަށް ދެވޭ ހުއްދައެކެވެ.
(ހ) ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއެއް، ނުވަތަ
(ށ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން، އެ އިދާރާއިން ޤަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް-/1,00,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީއެއްގެ ނުވަތަ
(ނ) ދިވެހިރާއްޖޭގައި 10 (ދިހައެއް) އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށްހިފާފައިވާ ބިދޭސީއެއް
ރާއްޖޭގެ މަސައްކަތްތެރިކަމާ ސިނާޢަތުތައް ބިދޭންސީންގެ އަތްމައްޗަށް މުޅިން ދާފަދަ ޤާނޫނީ ދޮރެއް ހުޅުވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން އެެއްލައްކަ ރުފިޔާ ނުވަތަ ދިހަ އަހަރުގެ ކުލީ އެގްރިމެންޓް އަކަށް ރެޒިޑެންސް ވިސާ ދެވިގެން ނުވާނެ. އެ ގޯސް ނުހައްދަވާ @mvpeoplesmajlis
— Matheen (@amathyn) July 17, 2020
މި އިސްލާޙްތަކުގެ ތެރެއިން އާންމުންގެ މެދުގައިވެސް، ސިޔާސީ މީހުންގެ މެދުގައިވެސް އެންމެ ކަންްބޮޑުވުން ބޮޑު އިސްލާހަކީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ލިބޭ ގޮތަށް އޮތުމެވެ. މިކަމަކީ، ވަރަށް ފަސޭހައިން ވިސާ ބޭނުން މީހަކު ގޮތް ހޯދައި، ވިސާ ހޯދާފާނެ، މާ އޮއްޓަރު ހުރި ގޮތެއް ނޫން ކަމަށް ބަޔެއް މީހުން ވަނީ ބުނެފައެވެ. އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ވެސް ރެޒިޑެންޓް ވިސާ ލިބޭ ގޮތަށް އޮތުމަކީވެސް މާލުއި ގޮތެއް ކަމަށް މީހުން ދަނީ ޚިޔާލު ފާޅު ކުރަމުންނެވެ.
ރައްޔިތުކަމާ ޕީއާރ ފަދަ ޚިދުމަތަކީ އެޚިދުމަތްދޭ ގައުމުތަކުގައި ވ. ހަރުދަނާ ގާނޫނާ ގަވައިދުތައް ހަދައި ޒިންމާދާރުކޮށް ކުރާ ކަމެއް. ‘ޅަދަރިންގެ ނެޕީ ބަދަލްކުރާހާ ފަސޭހައިން’ ގާނޫން އަސާސީ ބަދަލްކުރެވޭ އިރެއްގައި، ދިވެހި ރައްޔިތުންނަށް ތިކަން އަހުވަ އަކަށް ނުވެއްޖިއްޔާ ކަލާކޮ! https://t.co/NtlyZsjP7X
— Ameen Ibrahim (@ameenmaldives) July 17, 2020
މި ބިލް ދިރާސާ ކުރަމުންދާ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ގިނަ މެމްބަރުން ވިދާޅުވީ، ތަނެއް ކުއްޔަށް ހިފާ ކޮންމެ ބިދޭސީއަކަށް ރެޒިޑެންޓް ވިސާ ދޭން ފަށައިފި ނަމަ، އޭގެ ނާޖާއިޒު ފައިދާ ނަގަން ފަށާފާނެ ކަމަށެވެ. ކުއްޔަށް ހިފާ މީހުންނަށް ރެސިޑެންޓް ވިސާ ދިނުމަކީ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.
އެ އިސްލާހަށް ކޮމިޓީގައި ވާހަކަ ދައްކަވަމުން، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، އެ އިސްލާޙު ފާސްވެއްޖެނަމަ، ވަރަށް ފަސޭހައިން ކޮންމެ ބިދޭސީއަކަށްވެސް ރެޒިޑެންޓް ވިސާ ލިބިގެންދާނެ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ބަންގްލަދޭޝް މީހުންވެސް ދިހަ އަހަރަށް ގެ ކުއްޔަށް ހިފައިގެން އުޅޭ ކަމަށާއި، މިއިސްލާޙްގެ ސަބަބުން އެމީހުންނަށް އޮޓަމެޓިކުން ރެސިޑެންޓް ވިސާ ލިބުނީ ނޫންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
މި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ގެެއްލޭފަދަ ކޮންމެ ކަމަކާމެދު މިއަށްވުރެ ބޮޑަށް ފާރަވެރިވެ ސަމާލުވާން ޖެހޭ.މަދު ފައިސާކޮޅަކަށް ރާއްޖޭގެ ރަށްވެހިކަން ބިދޭސީންނަށް ދޭން މި އުޅޭއުޅުމުގެ ފަހަތުގައި ފޮރުވިފައިވާ އެތަކެއް ކަންތައްތަކެއް ހުންނާނެކަން ދަންނަން އެބަޖެހޭ pic.twitter.com/BZ6fLpCzXg
— Ismail Razeen Imran (@razeen_imran) July 17, 2020
އުސޫލުތަކެއް ނެތި މިކަހަލަ ކަންތައްތަކެއް ދޫކޮށްލައިފި ނަމަ މާދަމާ 100 ރުފިޔާ އަށް ވެސް ތަނެއް ކުއްޔަށް ދޫކޮށްފާނެ ކަމަށާއި، ކުޑަ އެގްރިމެންޓް ހަދާފައި 10 އަހަރު ދުވަހަށް މީހަކަށް ދީފައި، ދެން އޭނާ ވިސާއަށް އެޕްލައި ކުރަން ދާންވީ ކަމަށާއި، ފައިސާ ލިބޭތޯ ނުލިބޭތޯއެއް ވެސް ނުބަލާނެ ކަމަށް އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މައްޗަން ގޮޅި ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ހައިތަމް ވިދާޅުވެފައި ވެއެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ، ދުނިޔޭގެ އެއްވެސް ގައުމެއްގައިވެސް 10 އަހަރު ކުއްޔަށް އުޅޭ މީހުންނަށް ރެސިޑެންޓް ވިސާ ނުދޭ ކަމަށާއި، 10 އަހަރުގެ ލީސްއެއް ހޯދުމަކީ، ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އަދި އެކަން ކުރަން ކޮންމެހެން. ރާއްޖޭގައި އުޅޭކަށްވެސް ނުޖެހޭ ކަމަށާއި، އަހަރަކު އެއްފަހަރު ރާއްޖެ އައިސް އުޅޭ މީހުންވެސް އުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
" އެހެންވީމަ އެފަދަ ޑޮކުމެންޓެއް ހެދުމަށް އުދަނގޫ ނުވާނެ. އަޅުގަނޑަށް އެއްވެސް ގޮތަކަށް ތާއީދެއް ނުކުރެވޭ މިގޮތަށް އިސްލާހު ގެންނަން. އަދި އިންވެސްޓްމަންތަށް އަދަދެއް ކަނޑައަޅާނަމަ، އެއް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ވާން ޖެހޭނެ،" ކުރީގެ ޑެޕިއުޓީ ޕްރޮސެކުއުޓާ ޖެނެރަލް އުޝަމް ވިދާޅުވިއެވެ.
މަޖިލީހުގައި އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ކޮމިޓީ މެމްބަރަކު ވިދާޅުވީ، މަޖިލިސްގެ ރައީސް، ރައީސް ނަޝީދު އެ ބިލަށް ހުށަހެޅުއްވި އިސްލާޙްތަކާއި ގުޅިގެން ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރުން މާދަމާ އެ ކޮމެޓީއިން ކުރުމަށް ނިންމާފައި ވާކަމަށެވެ.
އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!