އަސްލު ރަށުގެ މީރު ރަހަގަނޑު "ރަށު ހޮޓާ - ދިއްދޫ" ހުޅުމާލެ އިން
ދިވެހިންގެ ޒަމާންވީ ކެއުންތައް މިއަދުމިވަނީ ދިވެހިންގެ އަތުން ބީވެގެން ގޮސްފައެވެ. އީދު ދުވަހު މެންދުރު ރަށުފުށުގެ ސުފުރާމަތިން ކާލަން ލިބޭ މީރު ކުކުޅު ރިހަ ގަނޑެއް މިޒަމާނުގައި އިންސާފުކޮށްލައް ލިބުމަކީ ނާދިރުކަމެކެވެ. ހުކުރު ދުވަހުގެ ކެއުންތަކަށްވެސް މިވަނީ ނުހަނު ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ދިވެހި ކެއުންތަކުގެ ނަމުގައި ބިދޭސީ ކައްކާއިންގެ މާލިމީ ކަމުގައި ހިންގަމުން އަންނަ ކެފޭތަކާއި ހޮޓާތައް މިވަނީ ގިނަވެފައެވެ. ރަށްފުށުގެ ރަހަމީރު ކެއުންތައް، ހާއްސަކޮން ދިއްދޫގެ ޒަމާންވީ ކެއުންތައް ވެރ...