ރައްޔިތުންގެ ވިންދާ ދެކޮޅު ކަންކަމުގައި ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން ބައިވެރި ނުވުމަށް، ރައްޔިތުން އެ މެމްބަރުންނަށް ގޮވާލަން އިލްތިމާސް ކުރައްވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރަށްވާ، އައްޝައިޚް އިލްޔާސް ހުސައިން މިމޭރުމުން ވިދާޅުވީ ކުރަށްވާފައިވާ ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އައްޝައިޚް އިލްޔާސް ވިދާޅުވީ ދިވެހި ޤައުމުގެ އިސްތިގުލާލާއި، ދީނީ ވަހުދަތު ނަގައިލަން ޚާއިނުން ކުރާ މަސައްކަތް ތަކާއި މެދު ދިވެހި ރައްޔިތުން ލޯ ހުޅުވައިގެން ތިއްބެވުމަށެވެ.
އައްޝައިޚް އިލްޔާސް އިތުރަށް ވިދާޅުވީ މަޖިލިސް މެމްބަރުން ރައްޔިތުންގެ ވިންދާއި ޚިލާފަށް އެ ފަދަ ކަންކަމުގައި ބައިވެރި ނުވުމަށް ގޮވާލުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަށްވާ ކަމަށެވެ.
Dhivehi Qaumuge isthiqlālāi dheenee vahudhathu nagālan khaainun kuraa masakkaiy thakaa medu dhivehi rayyithun loahulhuvaigen thibbevumashai, MP in rayyithun ge vindha khilāfah mifadha kankamugai baiveri nuvumah govālumah rayyithunnah ilthimaskuran
— Ilyas Hussain (@shkilyas) July 18, 2020
އައްޝައިޚް އިލްޔާސް މިހެން ވިދާޅުވި އިރު، އައްސައިޚް ޢަލީ ޒާހިރުވެސް އިއްޔެ ވަނީ ކުރެއްވި ޓުވީޓެއްގައި އިސްލާމްދީން ނިކަމެތިކޮށް، ޣައިރުދީނަށް ފުރުޞަތު ދިނުމާއި މިނިވަންކަމާއި އިސްތިޤްލާލު ގެއްލޭޒާތުގެ ކަންކަން ކުރުމަކީ ފަޚުރުވެރި ކާބަފައިން ދޫދިން ކަންކަމެއްނޫން ކަމަށް ވިދާޅުވެފައެވެ.
އިސްލާމްދީން ނިކަމެތިކޮށް، ޣައިރުދީނަށް ފުރުޞަތު ދިނުމާއި މިނިވަންކަމާއި އިސްތިޤްލާލު ގެއްލޭޒާތުގެ ކަންކަން ކުރުމަކީ ފަޚުރުވެރި ކާބަފައިން ދޫދިން ކަންކަމެއްނޫނެވެ. ސިޔާސީ ވާދަވެރި ކަމުގެ ފައިދާ ނަގައިގެން މިއިންކަމަކަށް މަގުފަހިވާ ކަމެއް އެއްވެސް މީހަކު ކުރިޔަދީގެން ނުވާނެއެވެ.
— Ali Zahir bin Saeed (@alizahirsaeed) July 18, 2020
ސިޔާސީ ވާދަވެރި ކަމުގެ ފައިދާ ނަގައިގެން މިއިންކަމަކަށް މަގުފަހިވާ ކަމެއް އެއްވެސް މީހަކު ކުރިޔަދީގެން ނުވާނެ ކަމަށްވެސް އައްސައިޚް ޢަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!