މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,450 Stories
2,853 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މޫސުން ގޯސް، ހދ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ޔެލޯ އެލާޓް
Thiladhunmathi News

މޫސުން ގޯސް، ހދ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ޔެލޯ އެލާޓް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހދ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައިވާ ގޮތުން ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން […]

ފީނަން ގޮސްއުޅުނު މީހަކު ނިޔާވެއްޖެ
Raajje

ފީނަން ގޮސްއުޅުނު މީހަކު ނިޔާވެއްޖެ

ރ. އުނގޫފާރުގައި ފީނަން ގޮސްއުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ، އުނގޫފާރުން ފީނަންދިޔަ މީހަކު ގެނބިފައިވާ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް މިއަދު ލިބުނު ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލުން މައުލޫމާތު ދެއްވިކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ، 25 އަހަރުގެ މީހެކެވެ. މިކަމާއިގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް
Raajje

ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ކުރެހުމުގެ މުބާރާތަކީ، ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވި ދުވަހާ ގުޅުވައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ މި މުބާރާތުގައި ތިން ތީމަކަށް ކުރެހުންތައް ކުރެހެއެވެ. އެ ތީމް ތަަކަކީ: ގުޅިގެން، ގާތުން، ރައްޔިތުންގެ ޚިދުމަތުގައި އަވައްޓެރި...

ބިން ހެލުމުން ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭ: މެޓް
Raajje

ބިން ހެލުމުން ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭ: މެޓް

އިންޑޮނޭޝިއާގެ ސްމާޓްރާއަށް މިއަދު ހެނދުނު އައި ބިން ހެލުމުން ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭކަމަށް ރާއްޖޭގެ މޫސުމާގުޅޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސަސް، މެޓް އޮފީހުން ބުނެފިއެވެ. މެޓް އޮފީހުން ބުނީ އިންޑޮނޭޝިއާގެ ސުމަތުރާއަށް މިއަދު ހެނދުނު 8:29 ގައި ބިންހެލުމެއ އައިސްފައިވާ ކަމަށެވެ. ’’ރާއްޖެއަށްވެސް އިހުސާސްކުރެވުނު. މިބިންހެލުމުން ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭ’’ މެޓް އޮފީހުން ބުންޏެވެ. މެޓް އޮފީހުން މައުލޫމާތު ދެއްވާގޮތުގައި މި ބިންހެލުން އައިސްފައި ވަނީ މާލެއާއި...

ކުޅުދުއްފުށީ ތިން ސްކޫލަކަށް ސިޓީ ކައުންސިލުން ދޭ "ޕީ.ޓީ.އޭ ގްރާންޓް" އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ތިން ސްކޫލަކަށް ސިޓީ ކައުންސިލުން ދޭ "ޕީ.ޓީ.އޭ ގްރާންޓް" އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށި ސިޓީގައި ހުންނަ ތިން ސްކޫލްތަކަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދޭ “ޕީ.ޓީ.އޭ ގްރާންޓް” އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި “ޕީ.ޓީ.އޭ ގްރާންޓް” ސްކީމް ދަށުން މި އެހީތެރިކަން ފޯރުކޮށް ދެނީ އެކަމަށް ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށަހެޅި ސްކޫލްތަކަށެވެ. މިގޮތުން މި ގްރާންޓް ސްކީމްގެ ދަށުން އެހީތެރިކަން ހޯދުމަށް އެ ސިޓީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލް ކަމަށްވާ، ޖަލާލުއްދީން ސްކޫލާއި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި އަދި އަފީފުއްދީ...

''ފެނަކައަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއް''
Raajje

''ފެނަކައަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއް''

ފެނަކައަކީ މިއަދު ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ މުލަކު އަތޮޅު ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ދެއްކެވި ވާހަކަ ފުޅުގައެވެ. މިއަދު މެންދުރުކުރި ވޭވަށުގެ އާ އިންޖީނުގެ ސަރަޙައްދުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓ...

ނޮޅިވަރަންފަރުގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެމައިންގެ ހާލު ރަނގަޅު: ކޭއާރުއެޗް
Thiladhunmathi News

ނޮޅިވަރަންފަރުގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެމައިންގެ ހާލު ރަނގަޅު: ކޭއާރުއެޗް

ނޮޅިވަރަންފަރުގައި ގެގެއްގެ ބަދިގޭގައި ހުރި ގޭސްފުޅިއަކުން ލީކުވެ، އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެމައިންގެ ހާލު ރަނގަޅުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗްގެ މީޑިއާ އޮފިސަރު މުޙައްމަދު މޫސާ ”ތިލަދުން” އަށް މިއަދު ވިދާޅުވީ، އެ ދެމައިން ފަރުވާއަށް އިއްޔެ އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހެނދުނު 9:42 ހާއިރު ކަމަށެވެ. އިއްޔެ މެންދުރުން ފެށިގެން ދެ މައިންގެ ހާލުވެސް ރަނގަޅު ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ”އިއްޔެ މެންދުރުން ފެށ...

ހއ. އަތޮޅު ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް
Raajje

ހއ. އަތޮޅު ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް

ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ދައުލަތުގެ މާލިއްޔަތު ޤަވާއިދު، ވިޔަ މޮޑިއުލް އަދި ލޯކަލް ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރުކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަ ދެއެވެ. މި ޕްރޮގްރާމަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކަ...

އޭބީޑަބްލިއުސީއައިގެ ރާއްޖޭގެ ބްރާންޗް އިފްތިތާޙްކޮށްފި
Raajje

އޭބީޑަބްލިއުސީއައިގެ ރާއްޖޭގެ ބްރާންޗް އިފްތިތާޙްކޮށްފި

އެސޯސިއޭޝަން އޮފް ބިޒްނަސް ވިމެން އިން ކޮމާސް އެންޑް އިންޑަސްޓްރީ (އޭބީޑަބްލިއުސީއައި)ގެ ރާއްޖޭގެ ބްރާންޗް ރަސްމީކޮށް މިއަދު އިފްތިތާޙް ކޮށްފިއެވެ. މިއަދު މެންދުރުފަހު ސޯޝަލް ސެންޓަރުގައި އެކަމަށް އޮތް ރަސްމިއްޔާތެއްގައި އެ ބްރާންޗް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އޭ.ބީ.ޑަބްލިއު.ސީ.އައި އަކީ ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ ގޮތުން މަސައްކަތްކުރާ ގުޅިލާމެހިފައިވާ ޕްލެޓްފޯމެކެވެ. އަދި އެއީ ބައިނަލްއަޤްވާމީގޮތ...

ތެޔޮ ވިއްކުމުގައި މަސްވެރިން ތަފާތުކުރާތީ ކަންބޮޑުވުން ފާޅުކޮށްފި
Raajje

ތެޔޮ ވިއްކުމުގައި މަސްވެރިން ތަފާތުކުރާތީ ކަންބޮޑުވުން ފާޅުކޮށްފި

ތެޔޮ ވިއްކާ ފަރާތްތަކުން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި ތަފާތު ކުރުން ގެންގުޅޭތީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޖަމިއްޔާއިން ބުނީ ތެޔޮ ވިއްކާ ޝެޑް ތަކުން އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 16.32 ރުފިޔާ އަށް ވިއްކާ ކަމަށެވެ. ނަމަވެސް މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކަނީ އެއަށްވުރެ ބޮޑުކޮށް 19.02 ރުފިޔާއަށް ކަމަށް އެ ޖަމިއްޔާއިން ބުނެފަ ވެއެވެ. ”މީ ކޮންކަހަލަ އިންސާފެއްތޯ؟ ވަގުތުން ވަގުތައް މަސްވެރިންނަށް ތެޔޮ އަގުހެޔޮ […]

މަޑުއްވަރީގެ ބަނދަރު ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
Raajje

މަޑުއްވަރީގެ ބަނދަރު ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް

މުލަކު އަތޮޅު މަޑުއްވަރީގެ ބަނދަރު ހަދާނީ މަޑުއްވަރީގެ ރައްޔިތުން ބޭނުންވާގޮތަށް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިއަދު ވަނީ މުލަކު އަތޮޅު ފަސް ރަށަކަށް ކުރަށްވާ ދަތުރުފުޅެއް ފައްޓަވާފަ އެވެ. މި ދަތުރުފުޅުގެ ތެރެއިން މިއަދު މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ  މިއަދު އެރަށުގެ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމީޓީ އާއި ބައްދަލު ކުރެއްވިކަން ފާހަގަ ކުރަށްވާފައެވ...

ނޮޅިވަރަންފަރުގައި ގޭސްފުޅިއެއް ލީކުވެ، ބަދިގޭގައި ރޯވެ މަންމައާއި ދަރިފުޅަށް އަނިޔާވެއްޖެ
Thiladhunmathi News

ނޮޅިވަރަންފަރުގައި ގޭސްފުޅިއެއް ލީކުވެ، ބަދިގޭގައި ރޯވެ މަންމައާއި ދަރިފުޅަށް އަނިޔާވެއްޖެ

ހދ. ނޮޅިވަރަންފަރުގައި ގެގެއްގެ ބަދިގޭގައި ހުރި ގޭސްފުޅި ލީކުވުމުގެ ސަބަބުން ބަދިގޭގައި ރޯވެ އަންހެނަކަށާއި އޭނާގެ ދަރިފުޅަށް އަނިޔާވެއްޖެއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް ”ތިލަދުން” އަށް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ. ނަދީމް ވިދާޅުވީ، ހާދިސާ ހިނގީ ގޭސް ލީކުވެފައި ހުރިކަން ނޭނގި އުނދުން ރޯކުރެވިގެން ކަމަށް ބެލޭވޭ ކަމަށެވެ. ”ދެމައިން ވެސް ވަނީ ފިހިފައި، ފިހިފައިވަނީ ހަށިގަނޑުގެ ކިތައް އިންސައްތަކަމެއް ދަންނަވާކަން ނޭނގޭ” ނަދީމް ވިދާޅުވިއެވެ. މިހާ...

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ: ތުހުމަތުވާ މީހާ ޝަރީޢަތް ނިމެންދެން ބަންދަށް
Raajje

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ: ތުހުމަތުވާ މީހާ ޝަރީޢަތް ނިމެންދެން ބަންދަށް

ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ ބިދޭސީ މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު ޢަމަރުކޮށްފިއެވެ. ބިދޭސީ އަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހެޅިފައިވާކަން ފުލުހުން ހާމަކުރެއްވީ ރޭގައެވެ. ފުލުހުން ވިދާޅުވިގޮތުގައި ޖިންސީ ގޯނާކޮށްފައި ވަނީ މާލޭގެ ފިހާރައެއްގެ ތެރޭގައެވެ. މި މައްސަލާގައި ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ 24 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

ނޭކުރެންދޫ އިން 50 ގޯތި ދޫކުރަނީ
Thiladhunmathi News

ނޭކުރެންދޫ އިން 50 ގޯތި ދޫކުރަނީ

ނޭކުރެންދޫ އިން 50 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ނޭކުރެންދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވިދާޅުވީ، އެރަށުން މީހުން ދިރިއުޅުމަށްޓަކައި 2000 އަކަ ފޫޓާއި 3000 އަކަފޫޓާއި ދެމެދުގެ 50 ގޯތި ދޫކުރުމަށް އެ ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް އެދި ހުށައެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން މިމަހުގެ 28 ވާ އާދިއްތަ ދުވަހުން ފެށިގެން އަންނ...

ޖަޕާންގެ ޖޭޑީއެސްއިން ދޭ ސްކޮލާޝިޕް އެއްބަސްވުމުގައި ސޮއި ކޮށްފި
Raajje

ޖަޕާންގެ ޖޭޑީއެސްއިން ދޭ ސްކޮލާޝިޕް އެއްބަސްވުމުގައި ސޮއި ކޮށްފި

ޖަޕަނީޒް ގަރާންޓް އެއިޑް(ޖޭޑީއެސް)ގެ ފަރާތުން އަންނަ އަހަރަށް ދިވެހިރާއްޖެއަށް ދޭ ސްކޮލަޝިޕް އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ. މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޮލާޝިޕް އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. އަދި ޖޭޑީއެސްގެ ފަރާތުން ސޮއިކުރެއްވީ، ރެސިޓެންޓް ރެޕްރެޒެންޓޭޓިވް މޮޓޮ ޓަކީއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޙަސަން ވަނީ ޖަޕާނުން ރާއްޖެއަށް ވެމުން ގެ...