ތެޔޮ ވިއްކާ ފަރާތްތަކުން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި ތަފާތު ކުރުން ގެންގުޅޭތީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޖަމިއްޔާއިން ބުނީ ތެޔޮ ވިއްކާ ޝެޑް ތަކުން އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 16.32 ރުފިޔާ އަށް ވިއްކާ ކަމަށެވެ. ނަމަވެސް މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކަނީ އެއަށްވުރެ ބޮޑުކޮށް 19.02 ރުފިޔާއަށް ކަމަށް އެ ޖަމިއްޔާއިން ބުނެފަ ވެއެވެ.
''މީ ކޮންކަހަލަ އިންސާފެއްތޯ؟ ވަގުތުން ވަގުތައް މަސްވެރިންނަށް ތެޔޮ އަގުހެޔޮ ކުރުމަށް ގޮވާލަން'' އެ ޖަމިއްޔާއިން ބުނެފަވެއެވެ.
ތެޔޮ ވިއްކާ ޝެޑަކުން ތެޔޮ ވިއްކާ އަގުތައް ދައްކައި ދިނުމަށް ބީކޭއެމްޔޫއިން އާންމުކޮށްފައިވާ ފޮޓޯ އެއް،
އެ ޖަމިއްޔާގެ މިކަންބޮޑުވުމާއި ގުޅިގެން މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން ބުނީ، މަސްވެރިކަމަކީ ގިނަދިވެހިންހިމެނޭ ކުދި ވިޔަފާރިތަކާއި އެތަށް ދިވެހި އާއިލާތަކެއްގެ މުޅި ދިރިއުޅުން ބިނާވެފައިވާ މުހިންމު ސިނާއަތެއް ކަމަށެވެ.
މި ސިނާއަތަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ މިފަދަ ތަފާތުކުރުންގެންގުޅުން ކަމަށް އެޖަމިއްޔާއިން ބުނެފަވެއެވެ. އަދި ވީހާވެސް ހެޔޮއަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭންޖެހޭ ކަމަށް އެ ޖަމިއްޔާއިން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!