އެމްޖޭއޭގެ އާ ހިންގާ ކޮމެޓީ އިންތިހާބު ކޮށްފި
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހިންގާ ކޮމިޓީ އާ ދައުރަކަށް މިއަދު އިންތިޚާބު ކޮށްފިއެވެ. އެމްޖޭއޭގެ ހިންގާ ކޮމެޓީ އާ ދައުރަކަށް އިންތިޚާބުކޮށްފައި ވަނީ އެކަމަށް މިއަދު ބޭއްވި ކޮންގްރެސްގައެވެ. މިއަދު ހަވީރު 16:00 ގައި ސްޓެލްކޯ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ކޮންގްރެސްގައި އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ ހަތް މަގާމަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. މި ކޮމެޓީއަށް އަލަށް ހަތަރު މެންބަރުން އިންތިހާބުވެފައިވާއިރު، ދެން އިންތިހާބުވީ ކުރިން ވެސް ތިބި ތިން މެންބަރުންނެވެ. މިއަދުގެ...