ހދ. ނޮޅިވަރަންފަރުގައި ގެގެއްގެ ބަދިގޭގައި ހުރި ގޭސްފުޅި ލީކުވުމުގެ ސަބަބުން ބަދިގޭގައި ރޯވެ އަންހެނަކަށާއި އޭނާގެ ދަރިފުޅަށް އަނިޔާވެއްޖެއެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް ''ތިލަދުން'' އަށް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.
ނަދީމް ވިދާޅުވީ، ހާދިސާ ހިނގީ ގޭސް ލީކުވެފައި ހުރިކަން ނޭނގި އުނދުން ރޯކުރެވިގެން ކަމަށް ބެލޭވޭ ކަމަށެވެ.
''ދެމައިން ވެސް ވަނީ ފިހިފައި، ފިހިފައިވަނީ ހަށިގަނޑުގެ ކިތައް އިންސައްތަކަމެއް ދަންނަވާކަން ނޭނގޭ'' ނަދީމް ވިދާޅުވިއެވެ.
މިހާދިސާއާއި ގުޅިގެން ލިބުނު އަނިޔާއަށް އިތުރު ފަރުވާއަށް، މަންމަ އާއި ދަރިފުޅު ވެސް އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގެންގޮސްފައިވާ ކަމަށް ނަދީމް ވިދާޅުވި އެވެ.
ގޭސް ފުޅި ގޮވުމުގެ ހާދިސާއަކީ ދޭތެރެ ދޭތެރެއިން ރާއްޖޭގައި ދިމާވަމުން އަންނަ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!