ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ކުރެހުމުގެ މުބާރާތަކީ، ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވި ދުވަހާ ގުޅުވައިގެން ބާއްވާ މުބާރާތެއް ކަމަށެވެ.

Ad
rt

ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ މި މުބާރާތުގައި ތިން ތީމަކަށް ކުރެހުންތައް ކުރެހެއެވެ. އެ ތީމް ތަަކަކީ:

  • ގުޅިގެން،
  • ގާތުން،
  • ރައްޔިތުންގެ ޚިދުމަތުގައި އަވައްޓެރި ފުލުހުން

މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް ކުރަންޖެހެނީ އޭފޯ ސައިޒު ކަރުދާހުގައެވެ.

މި މުބާރާތުގެ 1 ވަނަ އަށް 5000 ރުފިޔާ ދޭން ނިންމާފައިވާއިރު، 2 ވަނަ އަށް 3000 ރުފިޔާ އަދި 3 ވަނަ އަށް 2000 ރުފިޔާ ދޭން ވަނީ ނިންމާފައެވެ.

މި މުބާރާތުގެ ކުރެހުންތައް އަންނަ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ފުލުހުންގެ ޚިދުމަތުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.