އިންޑޮނޭޝިއާގެ ސްމާޓްރާއަށް މިއަދު ހެނދުނު އައި ބިން ހެލުމުން ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭކަމަށް ރާއްޖޭގެ މޫސުމާގުޅޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސަސް، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ އިންޑޮނޭޝިއާގެ ސުމަތުރާއަށް މިއަދު ހެނދުނު 8:29 ގައި ބިންހެލުމެއ އައިސްފައިވާ ކަމަށެވެ.
’’ރާއްޖެއަށްވެސް އިހުސާސްކުރެވުނު. މިބިންހެލުމުން ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭ’’ މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން މައުލޫމާތު ދެއްވާގޮތުގައި މި ބިންހެލުން އައިސްފައި ވަނީ މާލެއާއި 2855 ކިލޯމީޓަރު ދުރުންނެވެ.
ރާއްޖެއަށް މި ބިންހެލުމުގެ ލޮޅުން އަރާފައިވާއިރު، ބިން ހެލުމެއްގެ އަސަރުކޮށް، ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގް ވަނީ ހުސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!