ރ. އުނގޫފާރުގައި ފީނަން ގޮސްއުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އުނގޫފާރުން ފީނަންދިޔަ މީހަކު ގެނބިފައިވާ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް މިއަދު ލިބުނު ކަމަށެވެ.

Ad
rt

އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލުން މައުލޫމާތު ދެއްވިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ، 25 އަހަރުގެ މީހެކެވެ.

މިކަމާއިގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެއެވެ.