ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ދައުލަތުގެ މާލިއްޔަތު ޤަވާއިދު، ވިޔަ މޮޑިއުލް އަދި ލޯކަލް ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރުކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަ ދެއެވެ.
މި ޕްރޮގްރާމަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި މި ޕްރޮގްރާމަކީ ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ހއ. އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވައެވެ.
ހއ. އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ހއ. އަތޮޅު ކައުންސިލާއި އަދި އެ އަތޮޅުގެ 14 ރަށުކައުންސިލްގެ ފައިސާއާއި ޕްރޮކިއުމަންޓާގުޅޭ މަސައްކަތް ކުރައްވާ ޖުމްލަ 36 މުވައްޒަފުން ބައިވެރިވެއެވެ.
މި ތަމްރީނު ޕްރޮގްރާމްގެ ފެސިލިޓޭޓަރުންގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގަންނަވަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއި މިނިސްޓްރީ އޮފް ފިނޭންސާއި އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަންނީ ބޭފުޅުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!