ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ ބިދޭސީ މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު ޢަމަރުކޮށްފިއެވެ.

ބިދޭސީ އަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހެޅިފައިވާކަން ފުލުހުން ހާމަކުރެއްވީ ރޭގައެވެ.

Ad
rt

ފުލުހުން ވިދާޅުވިގޮތުގައި ޖިންސީ ގޯނާކޮށްފައި ވަނީ މާލޭގެ ފިހާރައެއްގެ ތެރޭގައެވެ.

މި މައްސަލާގައި ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ 24 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.