ނ. އަތޮޅާއި، މާލެއާއި ދެމެދު ދަތުރުކުރާ، ލަންދޫ ބޯޓު ގާފަރު ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ "ލަންދޫ ބޯޓު" ވަނީ ދިޔަވެ ކ. ގާފަރު ފަރަށް އަރާފައި ކަމަށެވެ.

Ad
rt

މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރު މީހުންގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައް ވެސް ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

''ކޯސްޓްގާޑުން މިހާރު ދަނީ އެ ސަރަހައްދަށް ދަތުރުކުރަމުން. މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ 10:55 ހާއިރު'' އެމްއެންޑީއެފުން ވިދާޅުވިއެވެ.

ބޯޓުގައި ތިބި ގިނަ ބަޔަކު މިހާރު ގާފަރަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.