އެމްއެންޑީއެފުން ހދ. ނޮޅިވަރަންފަރުގައި ފަޔާ އެވެއާނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑުން އެރަށުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

Ad
rt

މި މަހުގެ 1 ވަނަ ދުވަހާއި 3 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ނޮޅިވަރަންފަރު ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ 62 ދަރިވަރުންނާއި އެ ރަށުގެ 70 އަންހެން ބޭކަނބަލުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމުގައި ވަނީ އަލިފާންނިވި އަދި އަލިފާން ބްލޭންކެޓު ބޭނުން ކުރާނެ ގޮތުގެ އިތުރުން، އާންމުކޮށް ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރަންޖެހޭ ރަނގަޅު ގޮތްތައް ކިޔައިދީފައެވެ.

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އެހީތެރިކަމާއެކު އެރަށުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި މަސައްކަތް ކުރާ ފަޔަރ ކޮމްޕޯނަންޓްގެ ސިފައިންނެވެ.

އެމްއެންޑީއެފުން ދަނީ މިފަދަ ގިނަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.