އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އަލަމްގީރު ހަތް މަހާއި ހަތް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.
އަލަމްގީރުގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ދައުވާ އުފުލައި އަޑުއެހުންތައް އިއްޔެ ފަށާފައިވާއިރު، އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެފައެވެ.
އެހެންކަމުން އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންގޮސް އަދަބާ މެދު ވާހަކަ ދެއްކުމަށްފަހު މިއަދަށް ވަނީ ހުކުމް ކުރުން ތާވަލް ކޮށް ހުކުމް އިއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!