އަޑިއަށް ދިޔަ ލަންދޫ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ ސަމާލުވާން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ނ. އަތޮޅާއި، މާލެއާއި ދެމެދު ދަތުރުކުރާ، ލަންދޫ ބޯޓު ގާފަރު ކައިރިއަށް ދިޔައީ މިއަދު ހެނދުނުއެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގާފަރު ފަރުގެ އުތުރުން ދަތުރުކުރަމުން ދިޔަ ލަންދޫ ބޯޓު، އަޑިއަށް ގޮސް އެ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރު ކުރުމުގައި ސަމާލުވުމަށް އެދޭ ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ބޯޓު އަޑިއަށް ދިޔައީ ދިޔަވެގެން ކަމަށެވެ. ދިޔަވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ބޯޓުން ދަތުރުކުރި 30 މީހުން މިހާރު ގާފަރަށް ގެންގޮސްފައިވާއިރު، އެ ބޯޓު ސަލާމަތްކުރުމުގެ މަސައްކަތް ސިފައިންނާއި، އާންމު ފަރާތްތައް ގުޅިގެން އަންނަނީ ކުރަމުންނެވެ.