ހދ. ނޮޅިވަރަމް ކައުންސިލް ޤުރްއާން މުބާރާތް 1444 ނިންމާލައި، އެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.
ހދ. އަތޮޅު ކައުންސިލުން ބާއްވާ އަތޮޅު ޤުރްއާން މުބާރާތުގައި ނޮޅިވަރަމް ތަމްސީލްކުރާނެ ދަރިވަރުން ހޮވުމަށް ބޭއްވި މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައި ވަނީ މިއަދުއެވެ.
ނޮޅިވަރަމް ކައުންސިލް މެންބަރު އަދި މީޑިއާ އޮޕިޝަލް މުޙައްމަދު މުސްތަފާ ''ތިލަދުން'' އަށް ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންދިޔައީ ތިން ގޮތްޕަކަށް ބަހާލައިގެން ކަމަށެވެ. އެ ގޮފިތަކަކީ، ބަލައިގެން ކިޔުމުގެ ގޮތްޕާއި، ނުބަލާ ކިޔުމުގެ ގޮތްޕާއި އަދި ވިދާތަރި ގޮތްޕެވެ. ވިދާތަރި ގޮތްޕަކީ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ގޮތްޕެއްކަމަށް މުސްތަފާ ވިދާޅުވިއެވެ.
މި މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުން
މުޅި މުބާރާތުން
- 1 ވަނަ، ސައްމަ މުހައްމަދު، ގަހާ/ހދ. ނޮޅިވަރަމް
- 2 ވަނަ، އައިޝަތު ޔަނާ، މެޑްރިޑް/ހދ. ނޮޅިވަރަމް
- 3 ވަނަ، ފާތިމަތު ނަބާތު، މެޑްރިޑް/ހދ. ނޮޅިވަރަމް
ވިދާތަރި ގޮފި
- 1 ވަނަ، ލައިސާން ހަލީމް މުޙައްމަދު، ދިއްގާ ގަސްދޮށުގެ/ގއ. ވާދޫ
- 2 ވަނަ، މައިހާން މުހައްމަދު، ކައުނު/ހދ. ނޮޅިވަރަމް
- 3 ވަނަ، ޢަލީ އަނޫފް، އަބީރުގުލްސަން/ހދ. ނޮޅިވަރަމް
ބަލައިގެން ކިޔުމުގެ ގޮފި
- 1 ވަނަ، ސައްމަ މުހައްމަދު، ގަހާ/ހދ. ނޮޅިވަރަމް
- 2 ވަނަ، އައިޝަތު ޔަނާ، މެޑްރިޑް/ހދ. ނޮޅިވަރަމް
- 3 ވަނަ، ފާތިމަތު ނަބާތު، މެޑްރިޑް/ހދ. ނޮޅިވަރަމް
ނުބަލާ ކިޔުމުގެ ގޮފި
1 ވަނަ، އަޒާ އަބުދުﷲ ޝަރީފް، ނޫކޮކާގެ/ ހދ. ނޮޅިވަރަމް
3 ވަނަ، އިޝްޔާ އަޙްމަދު ޝިފާޢު، ރެސްޓް/ ހދ. ނޮޅިވަރަމް
މި މުބާރާތުގެ ނަތީޖާއާއެކު އަތޮޅު ޤުރްއާން މުބާރާތުގައި ނޮޅިވަރަމް ތަމްސީލް ކުރުމަށް 16 ބައިވެރިއަކު ވަނީ ހޮވާފައެވެ.
ނޮޅިވަރަމްގެ އިތުރުން އެ އަތޮޅުގެ އިތުރު ރަށްތަކުން ވެސް މިހާރު ދަނީ އަތޮޅު ޤުރްއާން މުބާރާތަށް ތައްޔާރުވުމަށް ރަށު ފެންވަރުގެ މުބާރާތްތައް ބާއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!