ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ހައިޑްރޯފޯނިކްސްއާއި ހޯމް ގާޑެނިންއާއި ގުޅޭ ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ.

ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ އެ ކައުންސިލާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އިތުރުން އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

Ad
rt

އާދީއްތަ ދުވަހު ފެށި މި ޕްރޮގްރާމްގައި އެރަށުގެ ދެ ޖިންސުގެ 41 މީހުން ބައިވެރިވެފައި ވެއެވެ. އެއީ 34 އަންހެނުންނާއި 7 ފިރިހެނުންނެވެ.

އަޙްދުރަޝީދު ވިދާޅުވީ، މި ޕްރޮގްރާމްގެ ސަބަބުން ބައިވެރިންނަށް ހައިޑްރޯފޯނިކްސްއާއި ހޯމް ގާޑެނިންއާއި ގުޅޭ މުހިންމު މައުލޫމާތާއި، ތަމްރީން ލިބިގެންދާނެ ކަމަށް ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އުންމީދު ކުރަށްވައެވެ.

ދިހަ ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމަކީ މުޅިން ހިލޭ ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.