ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑު އިއްޔެ އެކުލަވައިލައްވައިފިއެވެ.
އެ ބޯޑު އެކުލަވައިލައްވައި ރައީސް ވަނީ އެ ބޯޑަށް ހަ މެންބަރަކު ވެސް އިއްޔެ ޢައްޔަންކުރަށްވާފައެވެ.
މި ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައި ވަނީ މުޙައްމަދު ސާމިޢު އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑަށް ރައީސް އިއްޔެ ޢައްޔަނުކުރައްވާފައިވާ މެންބަރުންނަކީ،
1. މުޙައްމަދު ސާމިޢު (އެމްޓޭޝަންގެ، ރ.މަޑުއްވަރި)
2. ޑޮކްޓަރ ޙައްވާ ޢިނާޔާ ޢަބްދުއްރަޙީމް (އަލަމާގެ، ތ.ވިލުފުށި)
3. ފާތިމަތު ނަޝީދާ މުޙައްމަދު (މ.މުތާފުށި ، މާލެ)
4. ޢަލީ އިބްރާހީމް (ފައިވްސްޓަރ، ރ.ދުވާފަރު)
5. އާދަމް މާހިރު (މެޑޯޒް، ރ.އަލިފުށި)
6. މޫސާ ޢުމަރުމަނިކު (ޗަބޭލީގެ، ރ.ފައިނު)
މިބޯޑު އުފެއްދެވުމާގުޅިގެން އިއްޔެއިން ފެށިގެން ރ. އަތޮޅުގައިވާ ސަރުކާރުގެ 14 ޞިއްޙީ މަރުކަޒު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ދަށުން ބެލެހެއްޓެވުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!