ރައީސް ގެނެސްދެއްވީ އަމާންކަން، އެހެންވެ ޔާމީންގެ އަނިޔާވެރިކަން ބައެއް މީހުން ހަނދާންނެތިއްޖެ: ރޮޒައިނާ
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ވޭތުވި ހަތަރު އަހަރު ވަނީ ޤައުމަށް އަމާންކަމާއި، ފަސޭހަކަން ގެނެސް ދެއްވާފައި ކަމަށާއި، އެހެންކަމުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސަރުކާރުގައި އޭރުގެ ރައީސް، ޔާމީން އަބުދުލްޤައްޔޫމްގެ އަނިޔާވެރިކަން މިހާރު ބައެއް ބޭފުޅުން ހަނދާން ނެތިފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރޮޒައިނާ މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު...