ކުޅުދުއްފުށީގައި ބޮޑެތިމީހުންގެ ތަޢުލީމު ކުރިއެރުވުމަށް ކޯހެއް
ބޮޑެތިމީހުންގެ ތަޢުލީމު ކުރިއެރުވުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީގައި ހިންގަން ނިންމާފައިވާ ފުރަތަމަ ކޯސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮންސްޓްރަކްޝަން ސައިޓް ސްޕަވިޝަން ކޯހުގެ އޮރިއެންޓޭޝަން ރޭ ބާއްވައިފިއެވެ. މި ކޯހަކީ، ކުޅުދުއްފުށި ސިޓީ ކައުންސިލާއި، އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. ސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި، މި ކޯހުގައި 38 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މި ކޯހަކީ މީރީ ޕްރޮޖެކްޓުގެ ދަށުން ސްޕޮންސަރ ކޮށްގެން ހިންގޭ ކޯހެއް ކަމ...