ދިރުވާލައިގެން މަސްތުވާތެކެތި އެތެރެކުރަން އުޅުނު ލެޓްވިއާ އަށް ނިސްބަތްވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ފުލުންގެ ޚިދުމަތުގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަނާއި ކަސްޓަމްސްގެ އެހީތެރިކަމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް އުމުުރުން 46 އަހަރުގެ ލެޓްވިއާ ފިރިހެނެއް ގެންދިޔަކަން ފުލުހުންގެ ޚިދުމަތުން ހާމަކުރީ މި މަހު 14 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންނެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވިގޮތުގައި ދިރުވާލައިގެން ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތި ކަމަށް ބެލެވޭ 1353 ގްރާމްގެ 127 ބުލެޓް އޭނާގެ ހަށިގަނޑުން ވަނީ ނަގާފައެވެ.

އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

އެމައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަޙްޤީގު ކުރަމުން އަންނަކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.