އައްޑޫ ސިޓީގެ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލި މައްސަލަ މިރޭ 22:02 ހާއިރު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ.

Ad
rt

''އަނިޔާވި މީހާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން'' ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރަށް ގެންގޮސްފައެވެ.

މި މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.