ސްޓެލްކޯއިން ހަންޏާމީދޫގައި ފެނުގެ ހިދުމަތް ފަށައިފި
އދ. ހަންޏާމީދޫގައި ރަސްމީކޮށް ފެނުގެ ހިދުމަތްދޭން ފަށައިފިއެވެ. ހަންޏާމީދޫގެ ފެނުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރީ އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަތީފް އަދި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމް އެވެ. ސްޓެލްކޯއިން ބުނި ގޮތުގައި މި ހިދުމަތް އިފްތިތާހު ކުރެވުމާއިއެކު، ފެނުގެ ހިދުމަތަށް އެދިފައިވާ ހަންޏާމީދުގެ ހުރިހާ ގޭބީސީއަކާއި ވިޔަފާރިއަށް މިހާރު ފެނުގެ ހިދުމަތް ލިބެމުންދާނެއެއެވެ. މިވަގުތު ހަންޏާމީދޫގައި 170 ކަނެކްޝަނަކަ...