Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,141 Stories
1,745 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

ސަރުކާރު ބަންދު ދުވަސްތަކުގައި ކުޅުދުއްފުށީ ކައުންސިލުން ބައެއް ޚިދުމަތްތައް ދެނީ
Thiladhunmathi News

ސަރުކާރު ބަންދު ދުވަސްތަކުގައި ކުޅުދުއްފުށީ ކައުންސިލުން ބައެއް ޚިދުމަތްތައް ދެނީ

ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ބައެއް މުހިންމު ޚިދުމަތްތައް ކުޅުދުއްފުށީ ކައުންސިލުން ލިބޭ ގޮތަށް އެ ކައުންސިލުން ހަމަޖައްސައިފިއެވެ. ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު ބަންދު ކުރައްވާފައިވާ މުއްދަތުގައި އެ އިދާރާއިން އުފަންދުވަހުގެ ރެޖިސްޓްރީއާއި ސެޓްފިކެޓް ހެއްދުން، ރަށްވެހިވުން އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ދޫކުރުމުގެ ޚިދުމަތް ލިބޭ ގޮތަށް ހަމަޖައްސާފައި ވާކަމަށެވެ. https://www.facebook....

ހަތަރު މަންޒިލަކަށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓްތަކެއް، މިއަދު ލަންކާއަށް ދާ ފްލައިޓް ފުލްވެއްޖެ
Raajje

ހަތަރު މަންޒިލަކަށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓްތަކެއް، މިއަދު ލަންކާއަށް ދާ ފްލައިޓް ފުލްވެއްޖެ

ރާއްޖެ ނާދެވި، ހަތަރު ޤައުމެއްގައި ތާށި ވެފައިތިބި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން “މޯލްޑިވިއަން” ގެ ދަތުރުތަކެއް ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންއަށް ކުރުމަށް ހަމަޖައްސައިފި އެވެ. ނަމަވެސް ލަންކާ މަގުން ރާއްޖެއަށްނަން ގިނަ ދިވެހިން ތަކެއް ތިބުމާއިއެކު ލަންކާއަށް އަށް އަޅާ މިއަދުގެ ފްލައިޓް މިހާރު ފުލް ވެފައިވާ ކަމަށްވެސް މޯލްޑިވިއަނުންވަނީ ބުނެފައެވެ. މެލޭޝިއާގެ ކުއަލަރަމްޕޫރަށާއި އިންޑިއާގެ ޓްރެވެންޑްރަމަށް ވެސް ވަރަށް އަވަހަށް މޯލްޑިވިއަންއިން ފްލައިޓްތައް އަޅާނެ ކަމަށް ފޮރިން މިނ...

އައިޑީކާޑު ނެތް ހާލަތުގައި ޚިދުމަތް ލިބޭނެ ގޮތް އާސަދައިން ހަމަޖައްސައިފި
Raajje

އައިޑީކާޑު ނެތް ހާލަތުގައި ޚިދުމަތް ލިބޭނެ ގޮތް އާސަދައިން ހަމަޖައްސައިފި

ބަލިމީހާގެ އައިޑީކާޑު ނެތް ހާލަތެއްގައި، އާސަންދައިގެ ޚިދުމަތް ލިބޭނެ ގޮތް އާސަދައިން ހަމަޖައްސައިފިއެވެ. އެގޮތަށް ޚިދުމަތް ދިނުމަށް އެ ކުންފުނިން ކަނޑައަޅާފައި ވަނީ ބަލިމީހާގެ އައިޑީކާޑު އަތުގައި ނެތިއްޖެ ހާލަތެއްގައި، އައިޑީކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީ ނަމްބަރު ފެންނަން އޮންނަ ލިޔުމެއްގެ ފޮޓޯ ހުށަހަޅައިގެން، އާސަންދަ ޕޯޓަލުން ޗެކްކޮށް ވެރިފައި ކުރުމަށްފަހުއެވެ. pic.twitter.com/dksQNfPL6M — Aasandha Company Ltd (@AasandhaLtd) April 4, 2020 އާސަންދައިން ބުނީ ކޮވިޑް-19...

މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރެވޭ ގޮތް ހަމަޖައްސައިދީފި
Raajje

މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރެވޭ ގޮތް ހަމަޖައްސައިދީފި

އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތް ފޯރުކޮށްދެވޭ ގޮތް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ހަމަޖައްސައި ދީފިއެވެ. މިގޮތަށް ހަމަޖައްސައި ދެއްވީ 2020 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމާއި ގުޅިގެން މިއަދު އެ ޑިޕާޓުމަންޓުން ކުރި ޢިއުލާނެއްގައި ބުނީ ކޮވިޑް-19 ފެ...

ފިޔާ، ބިސް، އަލުވި، މުގު އަދި ޓެކްސީގެ އަގު ކޮންޓްރޯލު ކުރެވެންޔާ، ކުލިވެސް ކޮންޓްރޯލު ކުރެވެންވާނެ: އަލީ
Raajje

ފިޔާ، ބިސް، އަލުވި، މުގު އަދި ޓެކްސީގެ އަގު ކޮންޓްރޯލު ކުރެވެންޔާ، ކުލިވެސް ކޮންޓްރޯލު ކުރެވެންވާނެ: އަލީ

ފިޔާ، ބިސް، އަލުވި، މުގު އަދި ޓެކްސީގެ އަގު ކޮންޓްރޯލު ކުރާ ބީދައިން ކުލިވެސް ކޮންޓްރޯލު ކުރެވެން އެބަޖެހޭކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅު ވެއްޖެއެވެ. އަލީ ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި އިތުރަށް ބުނެފައިވަނީ ހަމަގައިމުވެސް ބޭންކު ލޯނު ދައްކާ ނިމިފައި ހުރި ބިލްޑިންގްތައްވެސް މަދެއް ނޫންކަމަށެވެ. ޑިމާންޑް އެންޑް ސަޕްލައި ގެ އުސޫލު ތަކަށްވުރެ ރައްޔިތުންގެ އަސާސީ ބޭނުންތައް މާ މުހިންމު. އަލީ ޙުސައިން ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ. ފިޔާ، ބިސް، އަލުވި، މުގު އަދި ޓެކްސީ...

ކުޅުދުއްފުށީ ސިޓީއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ ސިޓީއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންސްޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކުޅުދއްފުށި ސިޓީއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ...

ތައުލީމުދޭ ހުރިހާ ތަނެއްގެ ކިޔެވުން ފެށޭ ހަފުތާވެސް ބަންދު
Raajje

ތައުލީމުދޭ ހުރިހާ ތަނެއްގެ ކިޔެވުން ފެށޭ ހަފުތާވެސް ބަންދު

ތައުލީމުދޭ ހުރިހާ ތަނެއްގެ ކިޔެވުން މިމަހު ފަސް ވަނަ ދުވަހުން ފެށިގެން އިތުރު އެއް ހަފުތާއަށް ބަންދު ކުރަން ނިންމައިފި އެވެ. ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އެގޮތަށް ނިންމާފައިވަނީ އޭޕްރިލް 5 ވަނަ ދުވަހުން ފެށިގެން އެއް ހަފުތާއަށެވެ. އެގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުނު އެންގުމެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން […]

އިންޑިއާއިން ރާއްޖެ ދަތުރުކުރި ބޯޓެއްގެ އިންޖީނުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި
Raajje

އިންޑިއާއިން ރާއްޖެ ދަތުރުކުރި ބޯޓެއްގެ އިންޖީނުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ފިޔާއާއި ބިސް ހިފައިގެން އިންޑިއާއިން ރާއްޖެ ދަތުރުކުރި ބޯޓެއްގެ އިންޖީނުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ އެމް.ވީ ވީބީ ޕްރޮގްރެސް ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގެ އިންޖީނުގައިކަމަށެވެ. އެމް.ވީ ވީބީ ޕްރޮގްރެސް ބޯޓުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ދަންވަރު 00:30 ހާއިރެވެ. އޭރު ބޯޓު ދަތުރުކުރަމުން ދިޔައީ ރާއްޖޭގެ ބޭރު ކަނޑުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ޙާދި...

ލޭ ހަދިޔާ ކުރުމަށް މިއަދު ވަޑައިގެން ދެއްވާ!
Raajje

ލޭ ހަދިޔާ ކުރުމަށް މިއަދު ވަޑައިގެން ދެއްވާ!

ލޭ ހަދިޔާ ކުރުމަށް އެކަށޭނަ ސިއްހަތުގައި ތިއްބެވި ބޭފުޅުން މިއަދު ލޭ ހަދިޔާ ކުރުމަށް ވަޑައިގެން ދެއްވުމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން އެދިއްޖެ އެވެ. އެގޮތުން ލޭ ހަދިޔާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން އެމްބީއެސް މިއަދު ހެނދުނު 10 އިން މެންދުރުފަހު 3 އަށް ހުޅުވާފައި ހުންނާނެކަމަށް އެސަރވިސަސްއިން ބުންޏެވެ. އެމްބީއެސް އިން ވަނީ އާންމު އެސްއެމްއެސްއެއް މެދުވެރިކޮށްވެސް ލޭ ދެއްވުމަށް ރައްޔިތުން ކިބައިން އެދިފައިއެވެ. https://thiladhun.com/24767 ދަރުބާރުގ...

ކާފިއުގެ ދެވަނަ ދުވަހު އަމުރާ ޚިލާފުވި މީހުން އިތުރު ވެއްޖެ
Raajje

ކާފިއުގެ ދެވަނަ ދުވަހު އަމުރާ ޚިލާފުވި މީހުން އިތުރު ވެއްޖެ

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އަމުރަށް، މާލެ ސިޓީގައި ހިންގުނު ކާފިއުގެ ދެވަނަ ދުވަހު މަނާގަޑީގައި ބޭރުގައި އުޅުނު މީހުންގެ ޢަދަދު ފުރަތަމަ ދުވަހަށްވުރެ އިތުރު ވެއްޖެއެވެ. ފުލުހުން ބުނެފައިވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިއްޔެ ކާފިއު ހިންގާފައިވާ ވަގުތުގައި 151 ދިވެހިންނާއި، 32 ބިދޭސީންނަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އަމުރާ ޚިލާފަށް ބޭރުގައި އުޅުމުގެ ސަބަބުން ނަސޭހަތްތެރި ވެވިފައިވާކަމަށެވެ. 151 Maldivians and 32 foreigners were […]

ކުރިނބީ ކައުންސިލުންވެސް ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ނަމަ އެހީތެރިވަނީ
Thiladhunmathi News

ކުރިނބީ ކައުންސިލުންވެސް ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ނަމަ އެހީތެރިވަނީ

ހދ. ކުރިނބީ ކައުންސިލުންވެސް ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތައް ދެނެގަނެ، އެހީތެރިވުމުގެ މަސައްކަތް ފަށައިފިއެވެ. ކޮވިޑް-19 އާއި ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތައް ދެނެގަތުމަށް ކުރިނބީ ކައުންސިލުން ތައްތާރުކޮށްފައިވާ އޮންލައިން ފޯމު މިހާރުވަނީ އެކައުންސިލްގެ ވެބްސައިޓު މެދުވެރިކޮށް ފުރޭނޭ އިންތިޒާމް ހަމަޖައްސައިފައެވެ. https://www.facebook.com/691671654204123/posts/2848075791897021/ އެކަމާއި ގުޅިގެން އެ ކައުންސިލްގެ ވެބްސައިޓްގައި ބުނެފައިވަނީ ކޮވިޑް-19 އާއި...

ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައި ވާނަމަ ކުޅުދުއްފުށީ ކައުންސިލުން އެހީތެރިވަނީ
Thiladhunmathi News

ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައި ވާނަމަ ކުޅުދުއްފުށީ ކައުންސިލުން އެހީތެރިވަނީ

ކުޅުދުއްފުށީގެ ރަށްވެހިންނާއި ކުޅުދުއްފުށީގައި ދިރިއުޅޭ އާއިލާތަކަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައި ވާނަމަ ކުޅުދުއްފުށީ ކައުންސިލުން އެހީތެރިވުމުގެ މަސައްކަތް ފަށައިފިއެވެ. އެކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ، ކުޅުދުއްފުށީގެ ރަށްވެހިންނާއި ކުޅުދުއްފުށީގައި ދިރިއުޅޭ އާއިލާތަކަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން 01 މާރިޗު 2020 އިން ފެށިގެން އެއްވެސް ފަރާތެއްގެ ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާނަމަ އެފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، ކަ...

ކޮވިޑް-19އިން ރައްކާތެރި ވުމަށް އެންމެ މުހިންމީ ދުޢާ ކުރުމާއި، އިޖުތިމާއީ ގައިދުރުކަން: ނައިބު ރައީސް
Raajje

ކޮވިޑް-19އިން ރައްކާތެރި ވުމަށް އެންމެ މުހިންމީ ދުޢާ ކުރުމާއި، އިޖުތިމާއީ ގައިދުރުކަން: ނައިބު ރައީސް

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވެ ތިބުމަށް އެންމެ މުހިންމީ ދުޢާ ކުރުމާއި، އިޖުތިމާއީ ގައިދުރުކަން ކަމަށް ރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރި ކުރުމަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމަށް، މާލެ ސިޓީގައި ހިންގުނު ކާފިއުގެ ވަގުތު ހިންގަން ފެށުމާއި އެކު ކުރެއްވި ޓުވީޓެއްގައިއެވެ. ” ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާވެ ތިބުމަށް އެންމެ މުހިންމީ ދުޢާ...

ފިނޭ ގޮނޑުދޮށުން ކަށިވެއްޔާއި އަކިރި ނުނެގުމަށް އެދިއްޖެ
Thiladhunmathi News

ފިނޭ ގޮނޑުދޮށުން ކަށިވެއްޔާއި އަކިރި ނުނެގުމަށް އެދިއްޖެ

ފިނޭ ގޮނޑުދޮށުން ކަށިވެއްޔާއި އަކިރި ނުނެގުމަށް ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ އިން އެދިއްޖެ އެވެ. މިއަދު އެކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް ރަމަޟާންމަހަށް ގޭދޮށް ޒީނަތްތެރިކުރުމަށް ރަށުގެ ގޮނޑުދޮށުން ކަށިވެލި އަދި އަކިރި ނަގަމުންދާކަން އެ ކައުންސިލަށް ވަނީ ފާހަގަކުރެވިފައިކަމަށެވެ. މިކަމަކީ ތަފާތު އެކި ފަހަރު މަތިން މަނާކުރެވިފައިވާ ކަމެއްކަމަށް ވެފައި، މި ކަމަކީ ޤާނުނު ނަންބަރު 93/4 ( ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނު)...

ރެޖިސްޓްރީވެފައިވާ ގޭބިސީތަކަށް ދެން ބިލު ފޮނުވާނީ އެޕަށް: ފެންކުންފުނި
Business

ރެޖިސްޓްރީވެފައިވާ ގޭބިސީތަކަށް ދެން ބިލު ފޮނުވާނީ އެޕަށް: ފެންކުންފުނި

ޤައުމީ ފެންކުންފުނީގެ އެޕްލިކޭޝަން އަށް ރެޖިސްޓްރީވެފައިވާ ގޭބިސީތަކަށް މިއަދުން ފެށިގެން ބިލު ފޮނުވާނީ ހަމައެކަނި އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް އެކުންފުނިން ބުނެފިއެވެ. ޤައުމީ ފެންކުންފުނި، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ މޯބައިލް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ކުރިއެކޭ އެއްފަދައިން މިހާރުވެސް ބިލުތައް ތައްޔާރުވުމާއެކު ފޯނަށް ނޮޓިފިކޭޝަން ލިބިގެންދާނެ ކަމަށެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް ބިލަށް ފައިސާ ދެއްކޭ...