ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވެ ތިބުމަށް އެންމެ މުހިންމީ ދުޢާ ކުރުމާއި، އިޖުތިމާއީ ގައިދުރުކަން ކަމަށް ރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރި ކުރުމަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމަށް، މާލެ ސިޓީގައި ހިންގުނު ކާފިއުގެ ވަގުތު ހިންގަން ފެށުމާއި އެކު ކުރެއްވި ޓުވީޓެއްގައިއެވެ.

Ad
rt

" ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާވެ ތިބުމަށް އެންމެ މުހިންމީ ދުޢާ ކުރުމާއި، އިޖުތިމާއީ ގައިދުރުކަން. މިވަގުތު އިދާރާތަކުގެ އެންގުންތަކަށް އިޖާބަ ދެއްވަވާ ގޭގައި ތިއްބަވާ! މިދަތި ދަނޑިވަޅުގައި އެއްބައިވަންތަކަން އިތުރުކޮށް، އެކަކު އަނެކަކަށް މަދަދުވެރިވުމަކީ އުފަލަކަށް ހައްދަވާ! " = ނައިބުރައީސް ފައިޞަލް ނަސީމް=

އެޓުވީޓުގައި އެމަނިކުފާނު އިތުރަށް ވިދާޅުވެފައި މިވަގުތު އިދާރާތަކުގެ އެންގުންތަކަށް އިޖާބަ ދެއްވަވާ ގޭގައި ތިއްބަވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ. އަދި މިދަތި ދަނޑިވަޅުގައި އެއްބައިވަންތަކަން އިތުރުކޮށް، އެކަކު އަނެކަކަށް މަދަދުވެރިވުމަކީ އުފަލަކަށް ހެއްދެވުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސް ކުރަށްވާފައިއެވެ.

ތިލަދުން | Thiladhunމާދަމާ އިން ފެށިގެން މާލެ ސިޓީގައި ހަވީރު 5 އިން ރޭގަނޑު 8 ކަށް ކާފިއު ހިންގަނީމާދަމާ އިން ފެށިގެން މާލެ ސިޓީގައި ހަވީރު 5 އިން ރޭގަނޑު 8 ކަށް މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތުތެއްކަމުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް...

މިއަދަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމަކަށް މާލެ ސިޓީގައި ކާފިއު ހިންގަން ފެށުނު ފުރަތަމަ ދުވަހެވެ. މިއީ ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް ރާއްޖެގައި ކާފިއު ހިންގުނު ދުވަސްވެސް މެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެ ނިންމެވުމުގެ ދަށުން މާލެ ސިޓީގައި ހަވީރު 5 އިން ރޭގަނޑު 8 ކަށް މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތުތެއްކަމުގައި ވަނީ ކަނޑައަޅުއްވައިފައެވެ.